ގިނަ ބަޔަކު ޤަބޫލު ކުރާ ގޮތުގައި، އޯޓިސްޓިޒަމް ހުންނަ ކުދިންނަކީ ގެންގުޅެން ފަސޭހަ ކުދިންނެއް ނޫނެވެ. އެކުދިންގެ ހުންނަ ތަފާތު އަދި ޚާއްސަ އުޅުމާއި އިހުސާސްތައް ބަޔާންކޮށްދޭން ނޭނގުން ބައެއް މީހުން ސިފަކުރަނީ އެ ކުދިން ގެންގުޅެން ކުރިމަތިވާ އުނދަގުލަކަށެވެ.
ނަމަވެސް މިއީ ހަގީގަތެއް ނޫނެވެ. އެ ކުދިންގެ އިހުސާސްތައް ދެނެގަނެގެން، ގެންގުޅެންވީ ގޮތްތައް ވެސް އެނގޭނަމަ، އެކުދިންނާ އެހެންކުދިންނާވެސް މާބޮޑު ތަފާތެއް ނެތްކަން ސާބިތުވެގެންދާނެއެވެ.
މިއީ އެފަދަ ހިތްވަރުގަދަ ބައްޕައަކާއި އޭނާގެ އޯޓިޒަމް ދަރިފުޅުގެ ވާހަކައެވެ.
ޒަމާނުއްސުރެ އަޑުއިވެމުން އަންނަ އެއް ވާހަކައަކީ، ދަރިން ބެލުމުގެ ކަންތަކުގައި ގިނައިން މަސްއޫލުވެ އުޅެނީ މައިންކަމުގެ ވާހަކައެވެ. މައިންވާ ޤުރުބާނީ އެވެ. ބަފައިން އަޅާނުލާކަމާއި ބައެއް ބަފައިން އެމީހުންގެ ދަރިން ދުރުކޮށްލާ، ނުވަތަ ”އެއްލާލާފައި“ ދާ ކަމެވެ.
ނަމަވެސް ބ. ހިތާދޫގައި އުޅޭ ފަޔާޒް ހަސަން ތަފާތެވެ. ޓިކްޓޮކްއިން އޭނާއާއި އޭނާގެ ފިރިހެން ދަރިފުޅު (ދޮންކަލޯގެ) ވީޑިއޯތައް ފެނި، ގިނަ ބަޔަކު ހައިރާންވެއެވެ. ގިނަ މީހުން ދެކެނީ ފަޔާޒްއަކީ ރަނގަޅު ބައްޕައެއްގެ ފުރިހަމަ މިސާލު ކަމުގައެވެ.

ފަޔާޒްގެ ވީޑިއޯތަކުން މުޅިންވެސް ފެންނަނީ އޭނާގެ އޯޓިސްޓިކް ދަރިފުޅަށް އަބަދުވެސް ހިދުމަތް ކުރުމުގައި ވަރުބަލިކަމެއް ނެތި އުޅޭ މަންޒަރެވެ. އޭނާ އެ ދަރިފުޅަށް ކާން ދެއެވެ. ގޮވައިގެން ބޭރަށް ވެސް ދެއެވެ. އެނގިފައިވާ ގޮތުގައި އޭނާ އެ ދަރުފުޅު ބަލަމުން ދަނީވެސް އެކަންޏެވެ. ބައެއްފަހަރު އެ ދެބަފައިންނަށް އަވައްޓެރިން ހަދިޔާގެ ގޮތުގައި މީރު ކާބޯތަކެތިވެސް ދެއެވެ.
ފަޔާޒް މިހާރު އެންމެ ބޮޑަށް ބޭނުންވާ އެއް ކަމަކީ ދަރިފުޅަށްޓަކައި އެމީހުން ދިރިއުޅެން ގެއެއް ރަނގަޅަށް އިމާރާތް ކުރުމެވެ. ނަމަވެސް ދަރިފުޅު ބަލަމުން، ނިކަމެތި ހާލަތުގައި ދިރިއުޅޭތީ، ގެ ހެދުމުގެ މަސައްކަތް އަދި މާބޮޑަށް ކުރިއަށް ގޮސްފައެއް ވެސް ނުވެއެވެ. އަދި މިވަގުތު ފަޔާޒްގެ ވަޒީފާއެއް ވެސް ނެތުމުން، ދިރިއުޅުމުގެ ހާލަތު ވަނީ ވަރަށް ބޮޑަށް ދަށްވެސް ވެފައެވެ.
އެ އާއިލާއަށް އެހީވުމަށް އަތުކުރި އޮޅާލައިގެން މިވަގުތު ނުކުމެ ތިބި އެއް ބަޔަކީ ”ސަމާ އެންޑް ޓީމް“ އާއި ”އެމްޓީޕީ“ ޓީމެވެ.

”ހިޔާ ފޮ ދޮންކަލޯ“ ގެ ނަމުގައި ސަމާ އާއި އެމްޓީޕީން އަންނަނީ އަންނަ އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހުގެ ރޭ 9:00 ގައި، ޓިކްޓޮކްގައި ފަންޑްރެއިސިންގް އިވެންޓެއް ޖެއްސުމަށް ތައްޔާރުވަމުންނެވެ.
އެނގިފައިވާ ގޮތުގައި މިއީ މިހާތަނަށް ސަމާއާއި އެމްޓީޕީ ޓީމުން ޓިކްޓޮކް ލައިވް މެދުވެރިކޮށް ޖައްސާ އެންމެ ބޮޑު ފަންޑްރެއިސިންގް އިވެންޓަށް ވެގެންދާނެއެވެ.
އެހެންކަމުން އެ ޓީމުން އެދެނީ، ދޮންކަލޯއަށްޓަކައި ރައްކާތެރި އަދި ދާއިމީ ބޯހިޔާވަހިކަމެއް ފޯރުކޮށްދިނުމަށް އެންމެންވެސް އެހީވެ، އެ އިވެންޓުގައި ބައިވެރިވުމަށެވެ.




10 Comments
ތިޔައްވުރެން މާހާލުބޮޑުމީހެެއް. ކިޑްނީ ފެއިލްވެ ޑާއެލެސިސް ހަދަން ޖެހިފަ ދެކުދީންގެ ސްކޫލް ކަންތައް ހުެއޓިފަ. ާފެނަކަ އިން ޗުއްޓީގަ ހުރީމަ ނެތް މުސާރައެއއ. މާލެ އަެިސް ހުންނާނެގޮތެއް ނެތް.
ތީ އެހެން ހާލަތެއް
މީ ވަރަށް ދަށުދަރަޖައިގެ ކޮމެންޓެއް ކޮންމެއަކަސް. އެއްވެސް މީހަކަށް އެހީނުވާންވީތަ އެހެންވިއްޔާ. ތިހާ އަސީލަތް ނުބައިވާކަށްނުވާނެ. މާދަމާވެސް މަރިވެދާނެ. ހިތް ސާފުކޮށް ހިތް ތިރިކޮށް ބޭއްވުން ވަރަށް މުހިއްމު.
ރަހުމު ! ތިކަމާ މިކަމާ ކޮން ގުޅުމެއް އޮތީ އެހެން މީހަކައް ލިބޭ ރިޒުގެއް ލިބޭނެ އެކަމާކިތައްމެ ގިނަ ބަޔަކު ހަސަދަވެރި ވިޔަސް ! ތިޔައްވުރެ މާ ހާލު ބޮޑޭ ބުނާއިރު އޭނަ އެވަނީ ކިހާބޮޑު ގުރުބާނީއެއްކަން ނޭނގޭތީ ދެރައީ !
ސަމާޔާ ކޮންޓެކްޓް ކޮށްލައިގެން ތިކަންވެސް ހަމަވެދާނެ އެންނު. ނުބުނު ހުރީމާ އެހެން މީހުންނަށް ނޭންގޭނެތާދޯ
÷ފޯނު ނަންބރރ
އެހެންވީމަ ތިގޮތަށް ހަސަދަވެރި ވެގެންނެއް ނޫން ތިވާހަކަ ދައްކާނީކީ !! އެހީތެރިކަން ހޯދަން އެކަހަލަ ކަންކަމުގަ އުޅޭމީހުންނާ ތިވާހަކަ ހިއްސާކުރާނީ . ކަންކަން މިންވަރު ކުރައްވާ ރިޒުޤު ދެއްވާ ފަރާތަކީ ﷲ.
މާ ހާލު ބޮޑޭ ބުނާއިރު އެއްފަހަރުވެސް ފަންޑެއް ހޯދަން މަސައްކަތް ކުރިބާ ފަޔާޒްގެ ހާލަތުފެނި ފަޔާޒްއާ ވާހަކަ ދެކެވި ކޮންކަމެއްތޯ ބޭނުންވަނީބަލާ އެބޭނުންވާކަމަކަށް އެހީވާން ބަޔަކު އުޅުމަކީ އަނެކާޔަ އެހީނުވުމެއްނޫން ހަމަ ތިފަރާތުންވެސް އެހީޔަ އެދި މިފަދަ ފަންޑު ހޯދަން މަސައްކަތް ކޮށްދޭ މީހުންނާ ވާހަކަ ދައްކަންވީ
އެމްޓީޕީ އިސް ނަގައިގެން ތިކަން ކުރަން ފެށީމަ ސަމާ އައީ މާކަ ފަހުން.
ކޮންމެ ބަޔަކު ކުރިޔަސް ހެޔޮކަމެއް، ކޮންމެ މީހަކު ކުރިޔަސް ހެޔޮކަމެއް ހެޔޮކަމަކައް ވާނީ. ޓިކްޓޮކްގަ ސަމާ ކިތަންމެ ވަރަކައް އާޗާތެޅިޔަސް، މިފަދަ އެތައްބަޔަކައް އެހީވާމީހެއް. ރާއްޖޭގަ މުއްސަނދިން އެބައުޅޭ މިފަދަ ކަމެއްފެނުނަސް ދެލޯ އަވަރުވާމީހުން. މީހަކައް އެއްޗެއް ދޭންޖެހިދާނެތީ ވާތާވާމީހުން….