މިދިޔަ އާދިއްތަ ދުވަހުގެ ރޭ ދަންވަރު ސޯސަންމަގުގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި އަންހެން މީހާ ނިޔާވެއްޖެއެވެ.
މި އެކްސިޑެންޓް ހިނގީ ދެ ސައިކަލު ޖެހިގެންނެވެ. އެކްސިޑެންޓް ގައި ތިން މީހަކަށް އަނިޔާވިއެވެ. އެއީ ދެ ފިރިހެނުންނާއި އަންހެނަކަށެވެ.
ފުލުހުން ބުނީ، މި އެކްސިޑެންޓްގައި އަނިޔާވި 26 އަހަރުގެ އަންހެން މީހާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް، މިއަދު ހަވީރުގެ ވަގުތެއްގައި ނިޔާވެފައިވާ ކަމަށް އާއިލާއިން ވަނީ މައުލޫމާތު ދީފައި ކަމަށެވެ.
މި އެކްސިޑެންޓާއި ގުޅިގެން އެއް ސައިކަލު ދުއްވި 21 އަހަރުގެ ޒުވާނާ ވަނީ ލައިސަންސް ނެތި ދުއްވި މައްސަލާގައި ހައްޔަރުކޮށްފައެވެ.



