މާލޭގެ މަގުމަތީގައި ނުރައްކާތެރިކޮށް ސައިކަލް ދުއްވި ވީޑިއޯއެއް ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެ މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނިގޮތުގައި މާލޭ މަގުމަތީގައި ނުރައްކާތެރިކޮށް ސައިކަލު ދުއްވާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާއިން ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
އަދި މި ވީޑިއޯއާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއެއްގައި ބޮޑުތަކުރުފާނު މަގުގައި މީހަކު ސައިކަލެއްގައި ޒިގްޒެގްކޮށް ދުއްވާފައި ގޮސް ކުއްލިއަކަށް މަޖީދީ މަގަށް އަޅާ މަންޒަރު ފެންނައިރު، އޭނާ މަޖީދީމަގަށް އެޅީ ސިގްނަލް ވެސް ނުދީ އެވެ.



