މިއަހަރުގެ ހޮޓެލް އޭޝިއާ އެގްޒިބިޝަންގައި އެސްޓީއޯ އިން ބައިވެރިވެއްޖެއެވެ.
އެސްޓީއޯގެ ސްޓޯލް މިފަހަރު ހާއްސަކުރެވިފައިވަނީ އެސްޓީއޯގެ ޖެނެރަލް ޓްރޭޑިންގ އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި އެސްޓީއޯ އެނާރޖީ އަށެވެ.
އެސްޓީއޯގެ ސްޓޯލްގައި އެސްޓީއޯ ޕީޕަލްސް ޗޮއިސް އެސްޓީއޯ ސުޕާމާކެޓްއިން ލިބޭ ބައެއް ޕްރޮޑަކްޓްތައް ބޭނުންކޮށްގެން ތައްޔާރުކުރެވޭ ލުއި ކާނާ ވަގުތުން ތައްޔާރުކުރާ ސްޓޭޝަންއެއްގެ އިތުރުން އެގްޒިބިޝަން ކުރިއަށްދާ 3 ދުވަހުވެސް ކޮފީސްޓޭޓްގެ ވަކި ބުއިންތަކެއް ހިލޭލިބިގެންދާނެއެވެ.

އެސްޓީއޯގެ ސްޓޯލްގައި އަސާސީ ކާބޯތަކެތީގެ ގޮތުގައި ލިސްޓްކުރެވިފައިވާ ބާވަތްތަކާ އެސްޓީއޯ އިލެކްޓްރޯނިކްސް ބައެއް ސާމާނުތައްވެސް ބެހެއްޓިފާވެއެވެ. އަދި މީގެ އިތުރުން އެސްޓީއޯއިން ގެންނަ ބައެއް ޕްރޮޑަކްޓްތަކާބެހޭ މައުލޫމާތު ސްޓޯލްއިން ފޯރުކޮށްދޭނެއެވެ. އަދި މީގެ އިތުރުން އާ ބްރޭންޑެއް މާދަމާ އެސްޓީއޯއިން ތައާރަފްކުރާނެއެވެ. އަދި މި ޕްރޮޑަކްޓް ބޭނުން ކޮށްގެން ތައްޔާރުކުރާ އައިސްކްރީމްއާއި ފޮނިކާތަކެތި ރަހަ ބެލުމުގެ ފުރުސަތުވެސް އެސްޓީއޯ ސްޓޯލްއިން ލިބިގެންދާނެ ކަމުގައި އެ ކުންފުނިން ބުނެފައިވެއެވެ.
އެސްޓީއޯ ސްޓޯލްގައި އެސްޓީއޯގެ އެނާޖީގެ ފަރާތުން މިއަހަރު ރިޒޯޓު ކަސްޓަމަރުންނަށް ހާއްސަކޮށް، ތެޔޮ އުފުލައިދިނުމުގައި އެސް.ޓީ.އޯއިން ފޯރުކޮށްދޭ ހިދުމަތްތަކުގެ މައުލޫމާތުދީ، މި މާކެޓުގައި ކަސްޓަމަރުންގެ ޑިމާންޑުތަށް ހުރިނެތްގޮތް ވެސް ބަލާނެއެވެ.

މީގެ އިތުރުން އެސްޓީއޯ ސްޓޯލަށް ޒިޔާރަތް ކުރައްވާ ފަރާތްތަކަށް ހާއްސަކޮށްގެން ޕޮރޮމޯޝަނަލް ހަރަކާތްތަކުގެ ގޮތުގައި ރެޖިސްޓަރ އެންޑް ވިން ގެ ނަމުގައި ހަރަކާތެއް ކުރިއަށްދާނެއެވެ. މި ހަރަކާތް ކުރިއަށްދާނީ އެސްޓީއޯ ސްޓޯލްގައި ރަޖިސްޓްރީކުރައްވާ ފަރާތްތަކުގައި މެދުގައެވެ. ކޮންމެ ދުވަހަކުވެސް މި ފަރާތްތަކުގެ ތެރެއިން ނަސީބުވެރި އެއްފަރާތް ގުރުއަތުން ހޮވާ އިނާމުދޭނެއެވެ.
އަދި ފޮލޯއެންޑް ވިން ހަރަކާތުގައި އެސްޓީއޯ ޕީޕަލްސް ޗޮއިސް ޕޭޖް ފޮލޯކުރައްވައިގެން ނަސީބުވެރި ފަރާތަކަށް ޑިޝްވޮޝަރ އެއްލިބުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.
ހޮޓެލް އޭޝިއާ 2026 ކުރިއަށް ދާނީ މިމަހުގެ 28 އިން ފެށިގެން މިމަހުގެ 30 އަށް ހުޅުމާލޭ ސިންތެޓިކް ޓްރެކްގައެވެ.


