މިހާރު ކުރިއަށް ދާ ހޮޓެލް އޭޝިއާ އެގްޒިބިޝަންގައި އެސްޓީއޯ ގެ ސްޓޯލްގައި މިއަދު ”އަމުލް“ ބްރޭންޑްގެ ޕްރޮޑަކްޓްތައް އެސްޓީއޯ ޖެނެރަލް ޓްރޭޑިންގ އިން ތައާރަފްކޮށްފިއެވެ.
އެސްޓީއޯގެ ސްޓޯލްގައި މިއަދު އޮތް ހާއްސަ ހަފްލާގައި ޕްރޮޑަކްޓް ތައާރަފު ކޮށްދެއްވީ އެސްޓީއޯގެ އެކްސްކޯ މެންބަރުންނެވެ.
މިއަދުން ފެށިގެން އަމުލް ގެ އުފެއްދުންތަކުގެ ތެރޭގައި ހިމެނޭ ކިރާ ބަޓަރާއި ޗީޒް އަދި އައިސްކްރީމްގެ އެކި ބާވަތްތައް އެސްޓީއޯ ޕީޕަލްސްޗޮއިސްއިން ލިބެން ހުންނާނެއެވެ. އަދި އެސްޓީއޯގެ ސްޓޯލްގައި މިއަދު އަމުލް ގެ ޕްރޮޑަކްޓްތައް ބޭނުންކޮށްގެން ތައްޔާރުކުރެވޭ ފޮނިކާތަކެތި އަދި އައިސްކްރީމްވެސް ލިބެން ހުންނާނެއެވެ،
އަމުލްއަކީ އިންޑިޔާގެ ކިރުގެ އުފެއްދުންތަކަށް ހާއްސަ ބޮޑު ބްރޭންޑެކެވެ. މި ނަމުގެ އަސްލު މާނައަކީ އާނަންދު މިލްކް ޔޫނިއަން ލިމިޓެޓް އެވެ.އަދި ބްރޭންޑް މުޅިދުނިޔޭގައިވެސް މަޝްހޫރުވެފައިވަނީ ދަ ޓޭސްޓް އޮފް އިންޑިޔާގެ ގޮތުގައެވެ.
ކޮފީ ސްޓޭޓްގެ ހޮވާލެވޭ ބުއިންތަކާއެކު އެސްޓީއޯ ސްޓޯލަށް ޒިޔާރަތް ކުރައްވާ ފަރާތްތަކަށް ހާއްސަކޮށްގެން ޕޮރޮމޯޝަނަލް ހަރަކާތްތަކުގެ ގޮތުގައި ރެޖިސްޓަރ އެންޑް ވިން ގެ ނަމުގައި ހަރަކާތެއް ކުރިއަށްދާނެއެވެ. މި ހަރަކާތް ކުރިއަށްދާނީ އެސްޓީއޯ ސްޓޯލްގައި ރަޖިސްޓްރީކުރައްވާ ފަރާތްތަކުގައި މެދުގައެވެ. ކޮންމެ ދުވަހަކުވެސް މި ފަރާތްތަކުގެ ތެރެއިން ނަސީބުވެރި އެއްފަރާތް ގުރުއަތުން ހޮވާ އިނާމުދޭނެއެވެ.
އަދި ފޮލޯއެންޑް ވިން ހަރަކާތުގައި އެސްޓީއޯ ޕީޕަލްސް ޗޮއިސް ޕޭޖް ފޮލޯކުރައްވައިގެން ނަސީބުވެރި ފަރާތަކަށް ޑިޝްވޮޝަރ އެއްލިބުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.
ހޮޓަލް އޭޝިއާ އެގްޒިބިޝަން ކުރިއަށްދާނީ މިމަހުގެ 28 އިން ފެށިގެން މިމަހުގެ 30 ގެ ނިޔަލަށް ހުޅުމާލެ ސިންތަޓިކް ޓްރެކްގައެވެ.



