އެމްއެންޑީއެފް ކޯސްޓްގާޑުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަހައްދުގައި ޤާނޫނާޚިލާފަށް ހަރަކާތްތެރިވަމުން ދިޔަ ބޭރުގެ މަސްބޯޓެއް އަތުލައިގެންފިއެވެ.
އެމްއެންޑީއެފުން ބުނީ އެ މަސްބޯޓު އަތުލައިގަތް އިރު އޭގައި 7 މީހުންތިބި ކަމަށެވެ.
އެގޮތުން އެ ބޯޓު، އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޢިމާދުއްދީނުގެ ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ހއ.ތުރާކުނުގެ ހުޅަނގުއުތުރުން 46 ނޯޓިކަލް މޭލު ބޭރުގައި ހަރަކާތްތެރިވަމުން ދަނިކޮށް އިއްޔެ ހަވީރު 18:34 ހާއިރުކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެމްއެންޑީއެފުން ބުނީ މި ބޯޓު މިހާރު ހދ.ކުޅުދުއްފުށްޓަށް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.


