ފުލުހުންގެ ބެލުމުގެދަށުގައިހުރި ބަނގުރާ ނައްތާލައިފިއެވެ.
ފުލުހުން ބުނިގޮތުގައި، މި ތަކެއްޗަކީ މި ޚިދުމަތަށް ހުށަހެޅިފައިވާ ބަނގުރަލުގެ މައްސަލަތަކުގެ ތެރެއިން ކޭސްކުރެވިފައިވާ މައްސަލަތަކުގެ ތަހުލީލު މަރުހަލާ ނިމިފައިވާ މައްސަލަތަކުގައި ހިމެނޭ ބަނގުރަލާއި، ޑްރަގް އެންފޯސްމަންޓާއި، ޓޫރިސްޓު ޕޮލިހާއި، ހުޅުމާލެ ޕޮލިހުގެ ބެލުމުގެދަށަށް، ތުހުމަތުކުރެވޭ ފަރާތެއް ނެތްގޮތަށް ގެނެވިފައިވާ އިންސިޑެންޓްތަކުގައި ހިމެނޭ ބަނގުރަލެވެ.
ދޫނިދޫގައި މިއަދު ނައްތާލައިފައިވަނީ ބްރޭންޑެޑް ފުޅީގެ 188 ފުޅި ބަނގުރަލާއި، ޕެޓް ފުޅީގެ 152 ފުޅި ބަނގުރަލާއި 105 ދަޅު ބިޔަރު އަދި އެހެނިހެން ތަކެތީގެ ގޮތުގައި 17 އައިޓަމެކެވެ. ނައްތާލި އެހެނިހެން ތަކެތީގެ ތެރޭގައި ފޮތިކޮތަޅު، ޕްލާސްޓިކް ކޮތަޅު އަދި ހުސްދަޅު ފަދަ ތަކެތި ހިމެނެއެެވެ. މިތަކެއްޗަކީ 29 އިންސިޑެއްޓެއްގައި ހިމެނޭ ބަނގުރަލާއި ކޭސް ކުރެވިފައިވާ 25 މައްސަލައެއްގައި ހިމެނޭ ބަނގުރަލެވެ.
ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަަމަށްޓަކައި އެކުލަވައިލި ކޮމެޓީގެ ބެލުމުގެ ދަށުން ކަމަށް ފުލުހުން ބުންޏެވެ.




