ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އަށް ފުރަން ދިޔަ ދިވެއްސެއްގެ އަތުން ވަޒަނެއް ހުސްކުރި ދޯރިއެއް ފެނިއްޖެ އެވެ.
ފުލުހުން ބުނީ، އެ ދޯރި ފެނުނީ މިއަދު ހެނދުނު އެ މީހާ ފުރަން ޑޮމެސްޓިކް ޓާމިނަލަށް ގޮސް ހުއްޓައި އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުން ހިންގި ރޫޓީން ސްކްރީނިން މަރުހަލާގައި ކަމަށެވެ.
ނަމަވެސް މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެއް ނުވެއެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.


