ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ’އަމާން އުދަރެސް‘ 5ވަނަ ޓަވަރުގެ ގްރައުންޑް ފްލޯރގައި ރޯވި އަލިފާން، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ހުޅުމާލެ ފަޔަރ ސްޓޭޝަނުން ނިއްވާލައިފިއެވެ.
އެމްއެންޑީއެފްއިން ބުނިގޮތުގައި، އަމާން އުދަރެސް 5ވަނަ ޓަވަރުގެ ގްރައުންޑް ފްލޯރގައި، ގުދަނެއް ގޮތަށް ތައްޔާރުކޮށްފައި ހުރި މި ތަނުގައި ރޯވެ ހިނގި ހާދިސާގެ މަޢުލޫމާތު، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ހުޅުމާލެ ފަޔަރ ސްޓޭޝަނަށް ލިބިފައި ވަނީ މިރޭ 18:43 ހާއިރުއެވެ.
ހާދިސާގެ މަޢުލޫމާތު ލިބުމާ އެކު، އެ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ. މިގޮތުން، ފަޔަރ ފައިޓަރުން ކުރި މަސައްކަތުން އަލިފާން ނިއްވާލެވުނީ 18:50 ހާއިރުއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވިކަމުގެ މަޢުލޫމާތު ލިބިފައެއް ނުވެއެވެ.




