ނިމިދިޔަ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ދޫކޮށްފައިވާ 1،347 ގޯތި ގުޅީފަޅަށް ބަދަލު ކުރަން ސަރުކާރުން ހުޅުވާލި ފުރުސަތަށް ގިނަބަޔަކު އެދުމުން ބާއްވާ ގުރުއަތުލުން ފަށައިފިއެވެ.
ސަރުކާރުން ހުޅުވާލީ 1096 ގޯއްޗަށް ކުރިމަތިލުމަށެވެ. އެ ފުރުޞަތުގައި 4 ކެޓަގަރީން 2210 މީހުން ފޯމު ހުށައަޅާފައިވެއެވެ.
އިތުރަށް ފޯމު ހުށައަޅާފައިވަނީ 1250 އަކަފޫޓާ، 1650 އަކަފޫޓުގެ ކެޓަގަރީންނެވެ. އެހެންކަމުން ގުރުއަތު ނެގުން ކުރިއަށްގެންދަނީ މި ދެ ކެޓަގަރީން ގޯތި ޔަގީންވާ މީހުން ކަނޑައެޅުމަށެވެ.
އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ދިލްޝާން އަބްދުﷲ ވިދާޅުވީ އެ މިނިސްޓްރީން ޕްލޭންކޮށްފައި ވަނީ ގިރާވަރުފަޅުން ގުޅިފަޅަށް ބަދަލުވާ އަދަދު ހަމަޖެހުމާ އެއްކޮށް އަވަހަށް މުޅި ގުޅީފަޅުގެ ގުރުއަތުލުމަށް ހުޅުވާލުމަށް ކަމަށެވެ.
އަދި މިހާރު ލޭންޑް ޔޫސް ޕްލޭން އަށް ބަދަލު ގެނެސްފައި ވާކަން ފާހަގަކުރެއްވިއެވެ.
ކުރީގެ ލޭންޑް ޔޫސް ޕްލޭނަކީ އެކަށީގެންވާ ލޭންޑް ޔޫސް ޕްލޭން އަކަށް ނުވާތީވެ ލޭންޑް ޔޫސް ޕްލޭން ތައްޔާރުކުރީ
އެ މިނިސްޓްރީން ބުނީ ލޭންޑް ޔޫސް ޕްލޭން ތައްޔާރު ކުރުމަށްފަހު އަދި މިއަދުގެ ގުރުއަތުލުމަށް ފަހު މުޅި ގުޅިފަޅުގެ ގުރުއަތުލުމަށް އިއުލާނު ކުރާނެކަމަށެވެ.




