ދިވެހި ފުލުހުންގެ ޚިދުމަތުގެ ރަސްމީ ތަރުޖަމާނުގެ މަގާމަށް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޝިޔާމް މިއަދު އައްޔަންކޮށްފިއެވެ.
ފުލުހުން ބުނިގޮތުގައި، އަޙްމަދު ޝިޔާމް މި މަގާމާ ހަވާލުވެވަޑައިގަތީ، މީގެ ކުރިން ތަރުޖަމާނުގެ މަސްއޫލިއްޔަތު އަދާކުރެއްވި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އާރިފްގެ ބަދަލުގައެވެ.
މި ބަދަލާ ގުޅިގެން، ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން މީޑިއާތަކަށް މައުލޫމާތު ދިނުމާއި، އާންމު ހޭލުންތެރިކަން އިތުރުކުރުމުގެ އެކި މުއާމަލާތްތަކުގައި އެންމެ އިސްކޮށް ދެން ހަރަކާތްތެރިވާނީ އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޝިޔާމް ކަމަށް ފުލުހުން ބުންޏެވެ.



