މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އިންތިޒާމުކުރާ ”މޯލްޑިވްސް މެރިޓައިމް ކޮންފަރެންސް 2026“ މިއަދު ފަށައިފިއެވެ.
ވިލާ ނޯޓިކާގައި އެއް ދުވަހުގެ މުއްދަތަކަށް ކުރިއަށްދާ މި ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް އޮނަރަބަލް މުޙައްމަދު ސަޢީދުއެވެ. މީގެ އިތުރުން މިރަސްމިއްޔާތުގައި ހެލްތު މިނިސްޓަރު ޤީލާ ޢަލީ ބައިވެރިވެވަޑައިގަތެވެ. އަދި ދައުލަތުގެ އެކި މުޢައްސަސާތަކުގެ އިސްވެރިންނާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސްވެރިން ބައިވެރިވަޑައިގަތެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ ސައީދު ވަނީ ދިވެހިރާއްޖޭގެ ޢިޤްތިޞާދުގައި އެމް.ޕީ.އެލް އިން އަދާކުރާ މުހިންމު ދައުރަށް އަޅިއަޅުއްވާފައެވެ. އަދި ބަނދަރުގެ ޚިދުމަތް ފޯރުކޮށްދިނުމަށް އެމް.ޕީ.އެލްގެ މެނޭޖްމަންޓާއި މުވައްޒަފުން ކުރަމުންދާ ބުރަ މަސައްކަތް ފާހަގަކުރައްވައި، އެމް.ޕީ.އެލްގެ މުވައްޒަފުންނަށް މިނިސްޓަރ ޝުކުރު އަދާކުރެއްވިއެވެ.

އެމް.ޕީ.އެލްގެ ޗީފް އެގްޒެކްޓިވް އޮފިސަރ، ކެޕްޓަން ޙުސައިން ޝަފީޤު ވިދާޅުވީ ބަނދަރުގެ އޮޕަރޭޓްކުރުމުގެ އިތުރުން އެމް.ޕީ.އެލްއަކީ މެރިޓައިމްގެ ސިނާއަތުގެ ސަލާމަތާއި ރައްކާތެރިކަމާއި ގަވަރނަންސް އަދި މީހުން ބިނާކުރުމުގައި މުހިންމު މަސައްކަތްތަކެއް ކުރަމުންދާ ކުންފުންޏެއް ކަމަށެވެ. އަދި މީހުން ބިނާކުރުމަށް އެމް.ޕީ.އެލްގެ ޕޯޓް ޓްރެއިނިންގ ސެންޓަރ (ޕީ.ޓީ.ސީ) އިން ކުރަމުންދާ މަސައްކަތްތައް ޝަފީގް ފާހަގަކުރެއްވިއެވެ.
”އަޅުގަނޑު ޤަބޫލްކުރާ ގޮތުގައި ދުނިޔޭގެ ފެންވަރުގެ އޮޕަރޭޝަނަލް ސްޓޭންޑާރޑް ޤާއިމްކުރެވޭނީ މީހުން ބިނާކުރުމަށް އިންވެސްޓްކޮށްގެން. މި ފުރުސަތުގައި އަޅުގަނޑު ފަހުރުވެރިކަމާއެކު ފާހަގަކޮށްލަން ބޭނުން ޕޯޓް ޓްރެއިނިން ސެންޓަރ އިން ކުރަމުންދާ މަސައްކަތްތައް،“ ޝަފީގް ވިދާޅުވިއެވެ.
މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މަޝްރޫޢު ކުރިއަށްދާއިރު، އައު ބަނދަރުގައި ޒަމާނީ ވަސީލަތްތައް ޤާއިމްކުރުމުގެ މުހިންމުކަން ޝަފީގް ފާހަގަކުރެއްވިއެވެ.

”އައު ބަނދަރުގައި މި ޤާއިމްކުރާ އުމްރާނީ ވަސީލަތްތަކާއި އިކުއިޕްމަންޓްތަކުން އެކަނި، މި މަޝްރޫޢު ކާމިޔާބެއްނުވާނެ. މި މަޝްރޫޢު ކާމިޔާބުވާނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ”މޯލްޑިވްސް 2.0″ގެ ތަސައްވުރާ އެއްގޮތަށް، ޒަމާނީ އޭ.އައި އަދި ސްމާޓް ޓެކްނޮލޮޖީތައް މި ބަނދަރުގެ ޚިދުމަތުގައި ބޭނުންކޮށްގެން،“ ޝަފީގް ވިދާޅުވިއެވެ.
މޯލްޑިވްސް މެރިޓައިމް ކޮންފަރެންސަކީ މެރިޓައިމް ދާއިރާގެ ބައިނަލްއަޤްވާމީ ތަޖުރިބާކާރުންނާއި، ސްޓޭކްހޯލްޑަރުންނާއި، ދާއިރާއާ ގުޅުންހުރި ފަރާތްތައް އެއްތަނަކުން ބައްދަލުކޮށް، ދާއިރާގެ ކުރިއެރުމާ ގުޅޭގޮތުން މަޝްވަރާކޮށް، ޚިޔާލު ބަދަލުކުރުމުގެ ގޮތުން ބާއްވާ ބައިނަލްއަޤްވާމީ ކޮންފަރެންސެކެވެ. މި އަހަރުގެ މެރިޓައިމް ކޮންފަރެންސްގައި ޖުމްލަ 200 ފަރާތަކުން ބައިވެރިވެއެވެ.
މިއަހަރުގެ މޯލްޑިވްސް މެރިޓައިމް ކޮންފަރެންސްގެ ތީމަކީ ”Securing our seas, safeguarding our future“ އެވެ. އެގޮތުން، މި ތީމާ ގުޅޭ މުހިންމު ފަސް ދާއިރާއަކަށް މި ކޮންފަރެންސްގައި މަޝްވަރާކޮށް، ހިޔާލު ބަދަލުކުރާނެއެވެ.
މި ކޮންފަރެންސްގެ ސްޕީކަރުންގެ ގޮތުގައި މެރިޓައިމްގެ ދާއިރާގެ ބައިނަލްއަޤްވާމީ އަދި ދިވެހިރާއްޖޭގެ ތަޖުރިބާކާރުން ބައިވެރިވެއެވެ.
ކޮންފަރެންސްގައި ސްޕީކަރުން:
° ކެޕްޓަން އަޙްމަދު ޒުބައިރު – ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ، މޯލްޑިވްސް ސްޓޭޓް ޝިޕިންގ ކޮމްޕެނީ
° ބްރިގޭޑިއަރ ޖެނަރަލް ޑރ. ޙުސައިން އިބްރާހީމް – ޑިރެކްޓަރ ޖެނަރަލް، ޑިޕާޓްމަންޓް އޮފް އިންޓަރނޭޝަނަލް ޑިފެންސް ކޯޕަރޭޝަން، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސް
° ޑރ. ކެޕްޓަން އިސަތު ގުޒައި – ރިޓަޔަރޑް މެރިޓައިމް އެކްސްޕާޓް، މިނިސްޓްރީ އޮފް ޓްރާންސްޕޮޓޭޝަން އޮފް ޓާކީ
° ޕްރޮފެސަރ ދަތޯ ސްރީ ޑރ. ކެޕްޓަން ރަޒާލީ ޔާކޫބް – ފައުންޑަރ އެންޑް އެގްޒެކްޓިވް ޗެއަރމަން، ނެދަރލޭންޑްސް މެރިޓައިމް ޔުނިވަރސިޓީ ކޮލެޖު
° ޑރ. އަތާއުﷲ ރަޝީދު – ހެޑް އޮފް ދަރ ސެންޓަރ ފޯ ސެކިއުރިޓީ އެންޑް ސްޓްރެޓީޖިކް ސްޓަޑީޒް، މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ
° ޑރ. އަޒްމަތު ޖަލީލް – (މެންބަރ)، ގަވަރނިންގ ބޯޑް އޮފް ދަރ އިންޓަރނޭޝަނަލް އޯޝަން އިންސްޓިޓިއުޓް، މޯލްޓާ | އޮނަރރަރީ ލެކްޗަރ، ކާޑިފް ޔުނިވަރސިޓީ، ޔޫކޭ | ޑިރެކްޓަރ، އައިއޯއައި އޯޝަން އެކަޑެމީ، ދިވެހިރާއްޖެ
° ޝަރިޝެން ބިން ރެޒުއަން ޕަޕިންޑަރ – ޖެނެރަލް މެނޭޖަރ އޮފް ހެލްތު، ސޭފްޓީ އެންޑް އެންވަޔަރަންމަންޓް އޮފް ޕޯޓް ޓަންޖުންގ ޕެލެޕަސް (ޕީޓީޕީ)، މެލޭޝިއާ
° ޑރ. މާކް އައްސަފް – ޗީފް ހިއުމަން ރިސޯސަސް ޑިވެލޮޕްމަންޓް ސެކްޝަން، ޓްރެއިން ފޯ ޓްރޭޑް ޓްރޭޑް ލޮޖިސްޓިކްސް ބްރާންޗް، ޑިވިޟަން އޮން ޓެކްނޮލޮޖީ އެންޑް ލޮޖިސްޓިކްސް ޔޫއެން ޓްރޭޑް އެންޑް ޑިވެލޮޕްމަންޓް (އަންކްޓަޑް)
° ޑރ. ޗޮންގ ޖޫ ޗައެ – އެސޯސިއޭޓް ޕްރޮފެސަރ، ވޯލްޑް މެރިޓައިމް ޔުނިވަރސިޓީ
° އައިޝަތު ޝިމްލާ – ޗީފް ލާނިންގ އެންޑް ޑިވެލޮޕްމަންޓް އޮފިސަރ، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
° ޙުސައިން ނަޒީރު – ޑިރެކްޓަރ އޮފް މެރިޓައިމް އެޑްމިނިސްޓްރޭޝަން، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން
° ކެޕްޓަން މުޙައްމަދު ޒައިދު – ހެޑް އޮފް ސެންޓަރ، ސެންޓަރ ފޯރ މެރިޓައިމް ސްޓާޒީޒް، މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ
° ކެޕްޓަން އަޙްމަދު މައުމޫން–- ޗެއަރމަން އޮފް ސެން ސެންޗޫރިއަން ޕަބްލިކް ލިމިޓެޑް ކޮމްޕެނީ، މާސްޓަރ މެރިނަރ
° ކާނަލް އަޙްމަދު މުޖުތަބާ މުޙައްމަދު – ކޯސްޓްގާޑް، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް
މި ކޮންފަރެންސްގެ ސްޕޮންސަރުން:
° ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް – ހޯސްޓިންގ ޕާޓްނަރ
° ދިވެހިރާއްޖޭގެ ގުޅުން ޕްރައިވެޓް ލިމިޓެޑް (ދިރާގު) – ޑިޖިޓަލް ޕާޓްނަރ
° އެލައިޑް އިންޝުއަރެންސް – އިންޝުއަރެންސް އެންޑް ރިސްކް ޕާޓްނަރ
° ޕަބްލިކް ސަރވިސް މީޑިއާ – ބްރޯޑްކާސްޓިން ޕާޓްނަރ
° މޯލްޑިވްސް ސްޓޭޓް ޝިޕިންގ -–ލޮޖިސްޓިކްސް ޕާޓްނަރ
° މޯލްޑިވްސް މެރިޓައިމް ޖާނަލް – މެގަޒިންގ ޕާޓްނަރ
° އެލިއާ އިންވެސްޓްމަންޓްސް – ބްރޯންޒް ޕާޓްނަރ
° ސެންޗޫރިއަން -–ބްރޯންޒް ޕާޓްނަރ
° ސަސީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް – ބްރޯންޒް ޕާޓްނަރ
° ޔޫރޯ މާކެޓިންގ ޕްރައިވެޓް ލިމިޓެޑް – ބްރޯންޑް ޕާޓްނަރ
މިއަހަރު މޯލްޑިވްސް މެރިޓައިމް ކޮންފަރެންސްގެ ޕާޓްނަރުންގެ ތެރޭގައި ހިމެނެނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (ކޯސްޓް ގާޑް)، މޯލްޑިވްސް ޕޮލިސް ސާވިސް، ޔުނައިޓެޑް ނޭޝަންސް ކޮންފަރެންސް އޮން ޓްރޭޑް އެންޑް ޑިވެލޮޕްމަންޓް (އަންކްޓަޑް)، އިންޓަރނޭޝަނަލް އެސޯސިއޭޝަން އޮފް ޕޯޓްސް އެންޑް ހާބާރސް (އައި.އޭ.ޕީ.އެޗް)ގެ އިތުރުން މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ (އެމްއެންޔޫ) އެވެ.



