އުތުރުގެ ރަށެއްގައި ކުޑަ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުން ބުނީ ނޯތު ޕޮލިސްގައި ހިމެނޭ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ.
ނޯތު ޕޮލިސްގައި ހިމެނޭ އަތޮޅުތަކަކީ ނ، ރ، ބ އަދި ޅ އަތޮޅެވެ. 18 އަހަރު ނުފުރޭ ކުޑަ ކުދިންނާއި ގުޅޭ މައްސަލަތަކަކީ ސީރިއަސް މައްސަލަތަކެއް ކަމަށްވީ އިރު، މިފަދަ މައްސަލަތަކުގައި ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރި ކުރުމުގެ ގޮތުން ކުއްޖާގެ އަތޮޅާއި ރަށް ފުލުހުން ހާމަ ނުކުރެއެވެ.




