މާލޭގެ ގެއެއްގައި ބިދޭސީ ފިރިހެނަކު ދަންޖެހިފަ ހުއްޓާ ފެނިއްޖެ އެވެ.
ފުލުހުން ބުނީ ދަން ޖެހިފައި ހުއްޓާ ފެނިފައިވަނީ ބިދޭސީ ފިރިހެނެއް ކަމަށެވެ.
މިކަމާ ބެހޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
އެނގިފައިވާ ގޮތުގައި އެމީހާ ދަންޖެހިފައިވަނީ ރަނައުރާ ގޯޅީގައި ހުރި ގެއެއްގެ ތެރޭގައެވެ. މި ހާދިސާގެ ސަބަބުން ގިނަ ބަޔަކު މިހާރު ވަނީ އެ ސަރަހައްދަށް އެއްވެފައެވެ.
އަމިއްލައަށް މަރުވުން ފަދަ ހާދިސާތަކަކީ ނާޒުކު ހާދިސާތަކަކަށްވުމުން، މިފަދަ ކަންކަން ނުކުރުމަށާއި އެކަމަށް ހިތްވަރު ލިބޭނެފަދަ ކަންކަން ކުރުމުން ދުރުހެލިވުމަށް ފުލުހުން އިލްތިމާސް ކުރެއެވެ.



