ރަސްމާލެ ވޯޓަރފްރޮންޓް އެންޑް މެރީނާ މަޝްރޫޢާއެކު މަތީ ފަންތީގެ ފަތުރުވެރިން ރާއްޖެއަށް ގެނެވޭނެކަމުގެ ޔަޤީންކަން އެބައޮތްކަމަށް އީގަލް ހިލްސްގެ ޗެއަރމަން މުޙައްމަދު އަލްޢައްބާރު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި ބަސްތީގަތުމެއްގައި ޢައްބާރު ވަނީ މި މަޝްރޫޢުއަށް އޭނާ ޝައުޤުވެރިވި ސަބަބު ހިއްސާ ކުރައްވާފައެވެ.
ރަސްމާލެ ވޯޓަރ ފްރޮންޓް އެންޑް މެރީނާ މަޝްރޫޢަކީ ރާއްޖޭގައި މިހާތަނަށް ކުރިއަށް ގެންދެވޭ އެންމެ ބޮޑު އިންވެސްޓްމެންޓް މަޝްރޫޢެވެ. މިމަޝްރޫޢު ކުރިއަށް ގެންދާ އީގަލް ހިލްސް ކުންފުނީގެ ވެރިޔާ ވިދާޅުވީ، ރާއްޖޭގެ މަޝްރޫޢު ހިންގުމަށް ފުރުސަތު ލިބުނުއިރު މިފަދަ މަޝްރޫޢެއް ހިންގަން އޭނާގެ އެއްވެސް މަޖްބޫރީ ހާލަތެއް ނެތް ކަމަށެވެ. އަދި ފުރަތަމަ ރާއްޖޭގައި މަޝްރޫޢުއެއް ހިންގާ ވާހަަކަ ދެއްކުމުންވެސް ހޮޓާ މަޝްރޫޢުއެއް ހިންގަން ބޭނުން ނުވާ ކަމަށް ވިދާޅުވި ކަމަށް ޢައްބާރު ހިއްސާ ކުރެއްވިއެވެ.
ނަމަވެސް ރައްޔިތުންނަށް ފައިދާވާ ގޮތަށް ބިޔަ އިޤްތިޞާދީ ހަރަކާތަކަށް މަގުފަހިވާ ގޮތަށް ހިންގަންޖެހޭ މަޝްރޫޢުއެއްކަން އެނގުނު ހިސާބުން އޭނާ މަޝްރޫޢު ހިންގުމަށް ޝައުޤުވެރިވި ކަމަށް ވިދާޅުވިއެވެ.
”އަޅުގަނޑަށް އެނގޭ މިކަން ކުރަން. ހަމައެކަނި މިކަމުގެ ތެރެއިން އަންނާނެ ފަތުރުވެރިންނަށް ބެލިޔަސް. އަޅުގަނޑުމެން މިދައްކަނީ 900،000 އެއްހައި މީހުން. އެއަށްވުރެ ގިނަ މީހުންވެސް އަންނާނެކަން ޔަޤީން. ދެން އެހެން ރިސޯޓުތަކާއި އޮތް ކާއިރި މިން ފެނިފައި އަޅުގަނޑު ބުނިން ހިންގާށޭ މިކަން ކުރަން“ އަލްޢައްބާރު ވިދާޅުވިއެވެ.



