ޖަލުތައް ބަލަހައްޓަން އޮފިސަރުން ހޯދަން ކަރެކްޝަނަލް ސާވިސް އިން އިއުލާންކޮށްފިއެވެ.
އެ އިދާރާއިން ކުރި އިއުލާނުގައި ވަނީ ރާއްޖޭގައި ހުންނަ ހުރިހާ ޖަލުތަކުގައި މަސައްކަތް ކުރުމަށް ”ޕްރިޒަން އޮފިސާ ޓްރޭނީން“ ހޯދަން އިއުލާނުކޮށްފަ އެވެ.
އެ މަގާމަށް ކުރިމަތިލުމުގެ މުއްދަތު މި މަހުގެ 29 ވަނަ ދުވަހާ ހަމައަށް އޮތީ ހުޅުވާލައިފަ އެވެ. ކަމާގުޅުން ހުރި ލިޔުންތަކާއެކު https://my.corrections.gov.mv/jobs އަށް މެއިލްކޮށްދިނުމަށް ވަނީ އެދިފައެވެ.
އެ މަގާމުގެ މުސާރައަކީ 6،050ރ. އެވެ. އޭގެ އިތުރުން ހުވާ ކުރުމަށް ފަހު ސާވިސް މަގާމުގެ އެލަވަންސްގެ ގޮތުގައި 5555ރ. ލިބޭނެ އެވެ.
ވަޒީފާގެ ޝަރުތުތަކަކީ:
° ދިވެހި ރައްޔިތަކަށް ވުން.
° މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން
° ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،
ގްރޭޑް 10 ނިންމާފައިވުން. ނުވަތަ،
° ދިވެހިރާއްޖޭގެ ނޭޝަނަލް ސާވިސް ޕްރޮގްރާމް ފުރިހަމަކޮށްފައިވުން.
° އުމުރުން 18 އަހަރު ފުރި 35 އަހަރު ނުފުރޭ މީހަކު ކަމުގައިވުން
° ޕްރިޒަން އޮފިސަރެއްގެ ވަޒީފާ އަދާކުރެވޭ ފަދަ ސިއްހަތެއްގައި ހުރި މީހަކު ކަމުގައިވުން.
° ޖިނާއީ އެއްވެސް ބާވަތެއްގެ ކުށެއް ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ނުވުމާއި، މަނާ ކުރެވިފައިވާ މަސްތުވާ އެއްޗަކުން އެކަހެރިވުމަށް ފަރުވާ ހޯދާފައިވާ ފަރާތަކަށް ނުވުން.



