މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި، ހދ. ކުޅުދުއްފުށީގެ މަގުތައް ފެން ބޮޑުވުމުގެ ހާލަތު މިހާރު ކޮންޓްރޯލު ކިރެވިފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފިއެވެ.
އެންޑީއެމްއޭއިން މިހެން ވިދާޅުވީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ އަދާހަމަ ހާމަކުރަމުންނެވެ.
އެގޮތުން ކުޅުދުއްފުށީގެ ފެން ބޮޑުވި މަގުތަކުން، ފެން ހިންދުން މެދުކަނޑާލައި މިވަގުތު ހާލަތު ކޮންޓްރޯލް ކުރެވިފައިވާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ. އަދި އެއްވެސް މީހަކު ވަގުތީ ހިޔާއަކަށް ބަދަލުވެފައި ނުވާ ކަމަށާއި ނަމަވެސް 2 ގެއެއްގެ މީހުން ގެސްޓްހައުސްތަކަށް ބަދަލުވި ކަމުގައި އެންޑީއެމްއޭ އިން ބުންޏެވެ.
ހދ. ނޮޅިވަރަމްގެ ހާލަތަށް ބަލާއިރު، އެރަށަށް ވާރޭ ވެހުން މިވަގުތު ހުއްޓިފައިވީ ނަމަވެސް ގިނަ ގެތަކެއްގައި އަދިވެސް ވަނީ ފެންބޮޑުވެފައެވެ. އަދި 2 ޕަންޕާއި 6 ކޯރު ކަނޑައިގެން ފެން ހިންދުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމުގައި އެންޑީއެމްއޭ އިން ބުންޏެވެ.
ހދ. ނޮޅިވަރަންފަރަށް ވާރޭ ވެހުން މިހާރު ހުއްޓިފައިވުމުން، މަގުތަކުގެ ބޮޑު ސަރަހައްދަކުން ވަނީ ފެން ހިނދިފައެވެ. އެހެންކަމުން ގެތައް ސާފުކުރުމާއި ލިބުނު ގެއްލުންތައް ދެނެގަތުމުގެ މަސައްކަތް މިހާރު ފަނީ ކުރަމުންނެވެ.
މިދިޔަ ދުވަސްތަކުގައި ކުރި ވިއްސާރައިގައި ގިނަ މަގުތަކެއް ފެންބޮޑުވި ޅ. ނައިފަރަށް ވެސް ބޯކޮށް ވާރޭވެހުން ހުއްޓާލުމާ ގުޅިގެން ބައެއް ސަރަހައްދުތަކުން މިހާރު ފެން ފަނީ ހިނދެމުންނެވެ. ޕަންޕު ބޭނުންކޮށްގެން ފެން ހިންދުމާއި ގެއްލުންތައް ބެލުމުގެ މަސައްކަތް އަދިވެސް ދަނީ ކުރިއަށެވެ.



