އަމީނީ މަގު މަރާމާތު ކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ 3ވަނަ ސެގްމަންޓުގެ މަސައްކަތްތައް އެއްކޮށް ނިންމައި، މި ހަފުތާ ނިމުމުގެ ކުރިން އެ ސަރަޙައްދު އާންމު ދަތުރުފަތުރަށް ހުޅުވާލަން ތައްޔާރުވެއްޖެއެވެ.
މި މަސައްކަތް ކުރިއަށްގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިންއެވެ. މި މަޝްރޫޢުގެ މަސައްކަތްތައް އެ ކުންފުނިން ކުރިއަށްގެންގޮސްފައިވަނީ އެކި ފިޔަވަހިތަކަށް ބަހާލައިގެންނެވެ.
އޟީނީ މަގުގެ 3 ވަމަ ސެގްމެންޓް ތަރައްގީ ކުރުމުގެ މަސައްކަތާ ގުޅޭގޮތުން އެމްޓީސީސީން ބުނީ، މި ސެގްމަންޓުގައި ކުރިން އަޅާފައިވާ ތާރުގެ ތެރެއިން 1924.77 އަކަމީޓަރުގެ ސަރަޙައްދެއްގެ ތާރު ނެގުމަށްފަހު، އަލުން އޭބީސީ ފަށަލަ އަޅައި، ތާރު އެޅުމާއި މަގުމަތީގެ ނިޝާންތައް ކުރެހުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ޖަންކްޝަންތަކުގައި ކޮންކްރީޓް އެޅުމުގެ ހުރިހާ މަސައްކަތެއް ނިމިފައިވާއިރު، މި ހަފުތާގެ ތެރޭގައި މި ސަރަޙައްދު އާންމު ދަތުރުފަތުރަށް ހުޅުވާލާނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.
އަމީނީ މަގުގައި ހަލާކުވެފައިވާ ސަރަޙައްދުތައް މަރާމާތު ކުރުމުގެ ގޮތުން މި ސެގްމަންޓުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ މި ހިނގާ އޮކްޓޯބަރު މަހުގެ 4 ވަނަ ދުވަހުއެވެ.



