ނަސްރުގެ ދުވަހުގެ ހަރަކާތްތަކަށް ފަރިތަކުރުމަށް، ޖުމްހޫރީ މައިދާން ސަރަހައްދުގެ މަގުތަކާއި ފަޅުތައް ބަންދުކޮށްފިއެވެ.
ފުލުހުން ”އެކްސް“ ގައި މިއަދު ބުނީ، ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ފަރިތަކުރުންތައް ކުރިއަށް ގެންދިއުމަށްޓަކައި، މިއަދުން ފެށިގެން ނޮވެމްބަރު 2 ވަނަ ދުވަހުގެ ނިޔަލަށް ޖުމްހޫރީ މައިދާން ހިމެނޭ ސަރަހައްދުގެ ޓްރެފިކަށް ބަދަލުތަކެއް ގެންނަން ނިންމާފައިވާ ކަމަށެވެ.
އެގޮތުން ގެނައި ބަދަލުތަކަކީ:
•° މަގުތައް ބަންދުކުރުން: 15:30 އިން ފެށިގެން ފަރިތަކުރުންތައް ނިމެންދެން، ޖުމްހޫރީ މައިދާން ހިމެނޭ ސަރަހައްދުގެ މަގުތައް އާންމު ދަތުރުފަތުރަށް ބަންދުވާނެއެވެ.
° •ފަޅުތެރެ ބަންދުކުރުން: 15:00 އިން ފެށިގެން ފަރިތަކުރުންތައް ނިމެންދެން، އެ ސަރަހައްދުގެ ފަޅުތެރެ އާންމު ދަތުރުފަތުރަށް ބަންދުވާނެއެވެ.
މި ބަދަލުގެ ސަބަބުން ދަތުރުފަތުރުކުރައްވާ ފަރާތްތަކަށާއި އާންމު ރައްޔިތުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި ފުލުހުން ވަނީ މާފަށް އެދިފައެވެ.



