އެމްޑީޕީގެ ކުރީގެ ރައީސް އަދި ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އެ ޕާޓީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާ އަބްދުﷲ ޝާހިދު ޖިންސީ ގޯނާގެ ބޮޑު ތުހުމަތެއްގައި މީގެ އިރުކޮޅެއް ކުރިން ހައްޔަރު ކޮށްފިއެވެ.
މިކަމާއި ގުޅިގެން ފުލުހުން ބުނީ، އުމުރުން 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ހ. ރަބީއީމަންޒިލް/މާލެ، އަބްދުﷲ ޝާހިދު (64އ) މިރޭ 21:59 ހާއިރު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި، އޭނާ ހައްޔަރު ކުރަން ނެރުނު ކޯޓު އަމުރުގައި ވަނީ ”އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް“ ތުހުމަތު ކުރެވޭ މައްސަލައިގައި ކަމަށެވެ.
އިތުރު ތަފްސީލް އަންނަނީ…



