ޕާކިސްތާނުގެ ސިޓީއެއް ކަމަށްވާ ރާވަލްޕިންޑީގެ އަޑިއާލާ މަގުގައި ހުންނަ ގުލްޝަނާބާދުގައި އަންހެން ނޫސްވެރިއަކު ބަޑިޖަހައި މަރާލައިފިއެވެ.
ރިޕޯޓުތަކުން ބުނާ ގޮތުގަައި މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ އޭނާގެ ފިރިމީހާ ހައްޔަރުކޮށް، މައްސަލަ ތަހުގީގު ކުރަން ފަށާފައެވެ.
ފުލުހުން ބުނި ގޮތުގައި މަރުވެފައިވަނީ އަމިއްލަ ނިއުސް ޗެނަލެއްގައި އެންކަރެއްގެ ގޮތުގައި މަސައްކަތް ކުރި ރާބިއާ އަހުސަން އެވެ.
ރާބިއާ ބަޑިޖަހައި މަރާލާފައިވާ އިރު، އޭނާ މަރުވި ހާލަތު ދެނެގަތުމަށް އެ ހާދިސާގެ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ސިޓީ ޕޮލިސް އޮފިސަރު (ސީޕީއޯ) ރަވަލްޕިންދީ ވަނީ މި ހާދިސާއާ ގުޅިގެން ރާބިއާގެ ފިރިމީހާ އަހުސަނު ހައްޔަރުކޮށްފައި ކަމަށް ބުނެފައެވެ.
ފުލުހުން ބުނީ، ރާބިއާގެ ގަޔަށް ބަޑިޖެހީ ގަސްދުގައި ނޫންކަމަށް އަހުސަނު ބުނި ކަމަށާއި ބަޑި ޖެހުނީ ނޭނގި ކަމަށް އޭނާ ބުނި ކަމަށެވެ.
”އަހަރެން ގަސްތުގައި ބަޑިނުޖަހަން. އެއީ ނޭނގިހުރެ ވީ ކަމެއް“ އަހުސަން ފުލުހުންނަށް ކިޔައިދިނެވެ.
އަހުސަނު އިތުރަށް ބުނީ، ރާބިއާގެ ކޮއްކޮ އާއި މަންމަ ވެސް އެގޭގައި ދިރިއުޅެމުންދާ ކަމަށާއި އެ ހާދިސާއާ ގުޅިގެން ފުލުހުން އެމީހުންނާ ވެސް ސުވާލު ކުރުމަށެވެ.
ރާބިއާ މަރުވިގޮތް ދެނެގަތުމަށް ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ.



