ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދުގެ ބައްޕާފުޅުގެ މަޤާމުގައި ހުންނެވި ޢަލީ އިބްރާހީމް އަވަހާރަވެއްޖެއެވެ.
އުމުރުފުޅުން 78 އަހަރުގައި ދ. މީދޫ ގުލްޝަންކިނާރާ، އަލީ އިބްރާހިމް (ދޮން އަލިބެ) އަވަހާރަވީ ރޭގެ ފަތިހުގެ ވަގުތެއްގައެވެ.
އަލީ އިބްރާހިމްގެ ޖަނާޒާ އޮތީ މިއަދު މެންދުރު ނަމާދަށް ފަހު އިސްލާމީ މަރުކަޒުގައެވެ. މޫނު ދެއްކުން ވެސް ކުރިއަށް ގެންދާނީ އިސްލާމީ މަރުކަޒުގައެވެ.
މެޑަމް ސާޖިދާ މުޙައްމަދުގެ ދޮންބައްޕާފުޅު ޢަލީ އިބްރާހީމްގެ ޖަނާޒާގައި ވީހާ ވެސް ގިނަ ބަޔަކު ބައިވެރިވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ އެދިވަޑައިގެންފައެވެ.
އަދި ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕީއެމް/ޕީއެންސީން ވަނީ ތައުޒިޔާ ކިޔައި ބަޔާނެއްވެސް ނެރެފައެވެ.



