އަލިފާން ނިއްވުމާ ގުޅޭ ހާއްސަ އަސްކަރީ ތަމްރީންތަކެއް އެމްއެންޑީއެފްއިން މިއަދު މާލެ ސަރަހައްދުގައި ފަށައިފިއެވެ.
އެމްއެންޑީއެފްގެ ”އެކްސަސައިޒް ޖައްރާފާ 2026“ ކުރިއަށްދާނީ މާލެ، ހުޅުމާލެ، ވިލިމާލެ، އަދި ކްރޮސްރޯޑް މޯލްޑިވްސްގެ އެއްގަމާއި ކަނޑުގެ ސަރަހައްދުގައެވެ.
ކަޅުތުއްކަލާކޮށީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ހަރަކާތް ޝަރަފުވެރިކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހިމް ހިލްމީ އެވެ.
މިއީ ފަޔަރ އެންޑް ރެސްކިއު ސާވިސްއިން އަމަލުކުރަމުންދާ ފަޔާ އެމަޖެންސީ އޮޕަރޭޝަނަލް ޕްލޭނަށް އަހުލުވެރިވުމުގެ ގޮތުން ބާއްވަމުން އަންނަ ހަރަކާތެކެވެ.
މި ހަރަކާތް ބޭއްވުމުގެ މަގުސަދަކީ ބޮޑެތި އަދި އުނދަގޫ އަލިފާނުގެ ހާދިސާތަކަށް އިޖާބާދީ، ފަޔާ ފައިޓަރުންނަށް ލިބިފައިވާ އިލްމާއި ހުނަރާއި ވަސީލަތްތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ބޭނުންކޮށްގެން ހާދިސާތައް މެނޭޖު ކުރާ މިންވަރު ދެނެގަތުމެވެ. އަދި ފަޔާ އިމަޖެންސީ އޮޕަރޭޝަނަލް ޕްލޭނަށް ފަރިތަކުރުމަކީ ވެސް މި ހަރަކާތުގެ މަގުސަދެއް ކަމުފައި އެމްެއެންޑީއެފް އިން ބުންޏެވެ.




