އިސްލާމިކް މިނިސްޓްރީން އިސްނަގައިގެން ބާއްވާ 3 ވަނަ ޙައްޖު ޢުމްރާ ކޮންފަރެންސް އަދި އެގްޒިބިޝަން ފަށައިފިއެވެ.
މި ކޮންފަރެންސް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވަނީ ޙައްޖާއި ޢުމްރާ ޕޯޓަލްވެސް އިފްތިތާހުކޮށްފައެވެ.
މި މަހާސިންތާ ފެށުމަށް އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި މިއަދު ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ޙައްޖާއި އުމުރާ ޕޯޓަލް އިފްތިތާހުކޮށްދެއްވީ ސަޢުދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޔަޙްޔާ ޙަސަން އަލްޤަޙްޠާނީއެވެ.
މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓްރީގެ ނައިބު އުސާމް މުހައްމަދު ސައީދު ވިދާޅުވީ މި މަހާސިންތާއިން ހާސިލުކުރަން ބޭނުންވާ އެންމެ މުހިންމު ކަމަކީ ޙައްޖާއި އުމުރާގެ އިދާރީ ނިޒާމު ހަރުދަނާ ކުރުމަށް ކުރަންޖެހޭ މަސައްކަތްތަކަށް މަގުފަހިކުރުމަށް ކަމާއި ގުޅުންހުރި ފަރާތްތަކުގެ މެދުގައި މަޝްވަރާކޮށް ހައްލުތައް ހޯދަން ޖެހޭ ކަންކަމުގެ ހައްލުތަކާއި ހަމައަށް ވާސިލުވެވޭނެ މަގު ފަހިކުރެއްވުން ކަމަށެވެ. އަދި ގުޅިގެން މަސައްކަތް ކުރުން ކަމަށާއި މިއީ ވަރަށް އުންމީދީ މަހާސިންތާއެއް ކަމަށް ވެސް އުސާމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިއީ ރާއްޖޭގައި އިސްލާމީ ވަހުދަތާއި ޝިއާރުތައް މަތިވެރިކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މުހިންމު މަސައްކަތްތަކުގެ ތެރެއިން ކުރިޔަށް ގެންދަވާ މުހިންމު މަހާސިންތާއެއް ކަމަށެވެ.




