މިދިޔަ ދިހަވަރަކަށް އަހަރުތެރޭގައި، ވިއްސާރަވެއްޖެނަމަ މާލޭގެ މަގުތަށް އާދަޔާ ޙިލާފަށް ފެންބޮޑުވަމުން ދިޔުމީ މާލޭގެ ދިރިއުޅެމުންދާ ރަށްވެހިންގެ އެންމެ ބޮޑު ޝަކުވާއޭ ބުނުމުން ގޯހަކަށް ނުވާނެއެވެ. އަދި މިކަމުގެ ސަބަބުން ވާރޭ ބޯކޮށްވެހޭ ކޮންމެ ދުވަހަކީ ވަރަށް ގިނަ އާއިލާތަކެއްގެ ގެދޮރަށާއި ހިފާގެންގުޅޭ ތަކެއްޗަށް ނުހަނު ބޮޑެތި ގެއްލުންވެފައިވާ ދުވަސްތަކެއްކަން ފާހަގަ ކޮށްލަންޖެހެއެވެ.
މި ސުރުހީއަށް އަލި އަޅުވާލާއިރު މަޖީޛީމަގުން އައިސް މާފަންނު ސަހަރާ ކުރިމަތިން ގޮސް ވާތްފަރާތަށް އަޅަން އޮންނަ ބޮޑުމަގުކަމުގައިވާ އިއްޒުއްދީން މަގަކީ އާދަޔާ ޚިލާފަށް ފެންބޮޑުވާ މަގެއްކަން މާލޭގައި ދިރިއުޅޭ އެންމެހައި ރައްޔިތުން ގަބޫލުކުރެއެވެ. އަދި ވާރޭވެހޭ ދުވަހެއްގައި ޓެކްސީ ޑްރައިވަރުން ޓެކްސީތަށްވެސް ނުދުއްވޭނެ މަގެއްގެ ގޮތުގައި އިއްތިފާގުވެފަ އެވެ.

މ. އިއްޒުއްދީންމަގު (ފަލާހުޕުރީސްކޫލް) ކުރިމަތީ މަގުމަރާމަރާާމަަތު ކުރުމަށް މިއަދު ވަނީ ރޫޅާލާފަ އެވެ. ސިޓީ ކައުންސިލުން ބުނީ މި މަގަކީ ފެންހިދުން ލަސް މަގެއް ކަމަށާއި، ހަދާ ނިމުމުން ފެން ހިންދުމުގެ މައްސަލައަށް ހައްލެއްލިބި ހިނގާ މީހުންނަށާއި ސްކޫލް ކުދިންނަށް ވަމުންދާ ދަތިތަކަށް ހައްލެއްލިބިގެންދާނެކަމަށެވެ. އަދި، މިގޮތައް ފެންހެދޭ މަގުތަށްރަގަޅު ކުރުމުގެ މަސައްކަތް ކުރިޔަށް އޮތްދުވަސްތަކުގައިވެސް ކުރިޔަށްދާނެކަމަށެވެ.
މިއަދު މާލޭ ސިޓީ ކައުންސިލުން މިފެށި މަސައްކަތުގެ އެންމެ ބޮޑު އުފާ އީދު ބަންދު ނިމުމާއިއެކު ލިބިގެންދާނީ ،ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ ޕްރީ ސްކޫލް ކަމުގައިވާ ފާލާހް ޕްރީ ސްކޫލްގެ މެނޭޖްމަންޓާއި، ތުއްތު ދަރިވަރުންނާއި، އެ ކުދިންގެ ބެލެނިވެރިންނަށެވެ. ކަކޫތާ ފެނުގައި ފެން ހެދޭ މި މަގު ހުރަސްކޮށް ސްކޫލަށް ދަރިވަރުން ދާންޖެހޭ ދިއުން ކޮންމެވެސް އެއް ރަސްމީ އިދާރާއެއް މިހެން އިސް ނަގައިގެން ނިމުމަކަށް ގެނައުމަށް މަސައްކަތް ފެއްޓެވީތީ އެވެ. މި މަސައްކަތް ފެށިގެން މިދިޔައީވެސް އިއްޒުއްދީންމަގުގެ ފަލާހު ޕްރީސް ކުރިމަތިންކަން ފާހަގެވެއެވެ.

މި މަސައްކަތް މިހެން ފެށިގެން ފުރިހަމައަށް މުޅިމަގު ނިންމާލެވިއްޖެނަމަ މިސަރަހައްދުގައި ދިރިއުޅެމުންދާ އެންމެހައި ރައްވެހިންގެ ހިތްތަކަށް ތަސައްލީއެއް ލިބިގެންދާނެކަމާއި މެދު ޝައްކެއްނެތެވެ. މާލޭ ސިޓީ ކައުންސިލުން މިއަދު ތިފެއްޓެވީ ހަގީގީ ޒިންމާ އަދާ ކުރެއްވުމަކަމަށް މި ސަރަހައްދުގެ ގިނަ ބަޔަކުދެކެއެވެ.



