ގިނަ އިނާމުތަކަކާއެކު “އެސްޓީއޯ ޔޫރޯ ފޯރި” ޕްރޮމޯޝަން ފަށައިފިއެވެ.
އެސްޓީއޯއިން ބުނީ މި ޕްރޮމޯޝަން ކުރިއަށްދާނީ މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން އަންނަ ޖުލައި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ.
މި ޕްރޮމޯޝަން ކުރިއަށް ދާނީ އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ މައި ފިހާރަ އަދި އަތޮޅުތެރޭގެ ފިހާރަތަކުގައެވެ. އަދި މި ޕްރޮމޯޝަންގައި %15 އާ ހަމައަށް ޑިސްކައުންޓް ދިނުމަށް ވަނީ ނިންމާފައެވެ.
އެސްޓީއޯއިން ބުނީ، ޕްރޮމޯޝަންގައި ހިމެނޭ އުފެއްދުންތަކަކީ ފިލިޕްސް ބްރޭންޑްގެ ޓީވީ, ހޯމް ތިއޭޓަރ ސިސްޓަމް,އަދި ހެޑްފޯންގެ އިތުރުން ބޮކްސްލައިޓް ބްރޭންޑްގެ ޕްރޮޖެކްޓަރު ކަމަށެވެ.
މި ޕްރޮމޯޝަންގައި ކުރާ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭނެއެވެ. އަދި ގުރުއަތުން ހޮވޭ ފަރާތަކަށް 50,000ރ ގެ އިނާމު ދިނުމަށް އެސްޓީއޯއިން ވަނީ ނިންމާފައެވެ.
އެ ކުންފުނިން ބުނީ ކޮންމެ މެޗެއްގެ ނަތީޖާ ދިމާ ކުރުމުގެ ފުރުސަތު އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ ފޭސްބުކް ޕޭޖްގައި ހުޅުވާލާނެ ކަމަށާ ގްރޫޕް ސްޓޭޖުން އެންމެ ގިނަ ޕޮއިންޓް ހޯދާ ފަރާތަކަށް ހޯމް ތިއޭޓަރ ސިސްޓަމެއް ލިބޭނެ ކަމަށެވެ.
އަދި ދެވަނަ ބުރުން އެންމެ ގިނަ ޕޮއިންޓް ހޯދާ ފަރާތަކަށް 32 އިންޗީގެ ޓީވީއަކާއި ހޯމް ތިއޭޓަރ ސިސްޓަމެއް، ކުއާޓަރ ފައިނަލުން އެންމެ ގިނަ ޕޮއިންޓް ހޯދާ ފަރާތަކަށް 43 އިންޗީގެ ޓީވީއަކާއި ހޯމް ތިއޭޓަރ ސިސްޓަމެއް ލިބޭނެ ކަމަށެވެ.
ފައިނަލް މެޗްގެ ނަތީޖާ ދިމާކުރާ ފަރާތަކަށް ދިނުމަށް ހަމަޖެހިފައިވަނީ 65 އިންޗީގެ ޓީވީއެކެވެ.
އެސްޓީއޯއިން ބުނީ، ކޮންމެ ބުރެއްގައި ވެސް ޕޮއިންޓް އެއްވަރު ވެއްޖެނަމަ އިނާމު ލިބޭ ފަރާތް ހޮވާނީ ގުރުއަތުން ކަމަށެވެ.




