ޢީދު ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ހިމެނޭ ޢާންމު ހުރިހާ މަގުތަކަކީ ވެހިކަލް ނުދުއްވާ ސަރަހައްދުތަކެއްގެ ގޮތުގައި ހަމަޖައްސައިފިއެވެ.
މިގޮތަށް ހަމަޖައްސާފައިވަނީ 13 ޖޫން 2024 ވަނަ ދުވަހު ބޭއްވުނު މާލޭ ސިޓީ ކައުންސިލްގެ 04 ވަނަ ދައުރުގެ 150 ވަނަ ރަސްމީ އާންމު ބައްދަލުވުމުގައެވެ.
އަދި އެވަގުތުގައި އިމަޖެންސީ ޙާލަތުގައި ދަތުރުކުރާ ވެހިކަލްތަކަށް ޚާއްޞަ ސްޓިކަރ ދޫކުރުމަށް ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ.
އީދު ދުވަހު ދުއްވާ އެއްޗެހި ދުއްވުމުގެ ހުއްދަ ދޫކުރާނީ މިއަދާއި މާދަމާ އެވެ. މިއަދު ހުއްދަ ދޫކުރާނީ މެންދުރުފަހު 2:00 އިން ހަވީރު 4:00 އަށް އަދި ރޭގަނޑު 9:00 އިން 11:00 އަށެވެ.
ހުއްދަ ދޫކުރާނީ މާލެ ސިޓީ ކައުންސިލުގެ އާންމު ހިދުމަތާ ބެހޭ ބައި (ތައިސޭ ކޮށި) އިން ކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.



