މެހެލިގޯޅީގައި ހުރި ސައިކަލުތަކުގައި ބަޔަކު ގަސްތުގައި އަލިފާން ރޯކޮށްލީ ކަމަށް ނުބެލެވޭ ކަމަށް ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވެއްޖެއެވެ.
ރޭ ދަންވަރު 12:34 ހާއިރު ފުލުހުންނަށް ރިޕޯޓުކުރި އެ އަލިފާނުގެ ހާދިސާގައި ފަސް ސައިކަލާ އެއް ބައިސްކަލުގައި ވަރަށް ބޮޑަށް ރޯވެފައިވެއެވެ.
ފުލުހުން ބުނީ އެ އުޅަނދުތައް ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށެވެ.
މިއީ ގަސްދުގައި ބަޔަކު ހިންގި އަމަލެއް ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާތީ އެކަމާ ގުޅިގެން ތަރުޖަމާން ޝިފާން ވިދާޅުވީ މިހާތަނަށް ބެލިބެލުމުން އެއީ ބަޔަކު ގަސްތުގައި ރޯ ކޮށްލައިގެނއ ހިނގި ހާދިސާއެއް ކަމަށް ނުބެެލެވޭ ކަމަށެވެ.
މި ހާދިސާ ފުލުހުން ދަނީ އަދިވެސް ތަހުގީގު ކުރަމުންނެވެ.


