ސިނަމާލެ ބްރިޖުން ހުޅުމާލެއަށް އަރަން އޮންނަ ހަލިމަގު(ހައިވޭ) ގައި މިރޭ ހިނގި އެކްސިޑެންޓުގައި ހިމެނޭ އެއް ސައިކަލުގައި އިން މީހާ ”ސީން“ އިން ފިލާފައިވާތީ އޭނާ ހޯދުުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.
އަންގާރަ ދުވަހުގެރޭ 20:45 ހާއިރު އެކްސިންޑެންޓެއް ހިނގީ ދެ ސައިކަލެއް ޖެހިގެންނެވެ. އަދި ފުރަތަމަ އެކްސިޑެންޓްވީ ދެސައިކަލު ފަހަތުން ދުއްވާފައި އައި ކާރާއި، ކާރު ފަހަތުން އައި އެހެން ސައިކަލެއްވެސް ވަނީ މުޑިއަރާފަ އެވެ.
ފުލުހުންގެ ތަރުޖަމާނު، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު ޝިފާން ވިދާޅުވީ، މި އެކްސިޑެންޓުގައި އެކަކަށް އަނިޔާވިކަމަށެވެ. އެހެންނަމަވެސް އެއީ މާ ”ސީރިއަސް“ އަނިޔާއެއް ނޫންކަމަށް ޝިފާން ވިދާޅުވި އެވެ.
ޝިފާން އިތުރަށް ވިދާޅުވީ، މި އެކްސިޑެންޓުގައި ހިމެނުނު އެއް ސައިކަލް ދުއްވަން އިން މީހާ ”ސީން“ ދޫކޮށް ފިލާފައިވާ ކަމަށާއި، އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަކަމަށެވެ. އަދި، ހެންވޭރު ޕޮލިސް ސްޓޭޝަނުން އެ މައްސަަލަ ތަހުގީގުކުރަމުން އަންނަކަމަށް ޝިފާން ވިދާޅުވި އެވެ.
ހަލިމަގުގައި މީގެ ކުރިންވެސް އެކި ދުވަސްވަރު ނުރައްކާތެރި އެކްސިޑަންޓްތައް ހިނގާފައިވެއެވެ. އަދި، މިރޭ ހިނގި އެކްސިޑެންޓަކީ ބޮޑުއީދުގެ ތެރޭގައި ހަލިމަގުގައި ހިނގާދިޔަ ފުރަތަމަ ނުރައްކާތެރި އެކްސިޑެންޓެވެ.



