ރާއްޖޭގެ އިގުތިސޯދު މިވަނީ ކަން ކުރަން ނޭނގޭ ބައެއްގެ އަތް މައްޗަށް ދިޔުމާއެކު ފުނޑާލާފައި ކަމަށް ވިދާޅުވެ އެމްޑީޕީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.
އިދިކޮޅު އެމްޑީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ ރާއްޖޭގެ އިގުތިސޯދު މިވަނީ ކަން ކުރަން ނޭނގޭ ބައެއްގެ އަތް މައްޗަށް ދިޔުމާއެކު ފުނޑާލާފައި ކަމަށާއި އެއް ބިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީއެއް ސަރުކާރަށް ލިބުނުއިރުވެސް ޑޮލަރުގެ އަދު މިއަދު ވެސް ހުރީ 20 ރުފިޔާއަށް ކަމަށެވެ.
”މިދިޔަ އަހަރުގެ މާރޗް ހިސާބުގައި ސަރުކާރުގެ އެކިއެކި ވަޒީރުންވެސް ނިކުމެ ވިދާޅުވި ދެން ޑޮލަރު މައްޗަކަށް ނުދާނޭ، މިހާރު އެހުރީ ތިރިއަށް ޖަހާފައޭ. އެ ތިރިއަށް ޖެހި އެއްޗެއް އެބޭފުޅުންނަށް އެނގިވަޑައިގަންނަވާނީ، ޑޮލަރުގެ އަގު ހަމަ ޔަގީނުންވެސް ހުރީ 20 ރުފިޔާގަ“ ޝާހިދު ވިދާޅުވިއެވެ.
މީގެއިތުރުން ޝާހިދު ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމްގެ އަގު މިއަދު އޮތީ ބޮޑުތަކުން ވައްޓާލާފައި ކަމަށާއި މިލިއަން ޑޮލަރުގެ ގެއްލުން، ސަރުކާރުގެ ވެރިންނާހެދި ޓޫރިޒަމްއަށް ލިބިފައިވާ ކަމަށެވެ.




