ނިމިދިޔަ 2024ވަނަ އަހަރު ފެމިލީ ކޯޓު މެދުވެރިކޮށް މިދިޔަ އަހަރު ދެއްކުމަށް ސާބިތުކުރި ފައިސާގެ އަދަދު 97 މިލިއަން ރުފިޔާއަށް އަރާ ކަމަށް އެ ކޯޓުން ބުނެފިއެވެ.
ފެމިލީ ކޯޓުން އާންމުކޮށްފައިވާ މިދިޔަ އަހަރުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެ ކޯޓު މެދުވެރިކޮށް ދައްކަން ސާބިތުކުރި ޚަރަދުތަކުގެތެރޭގައި އަނބިދަރިންގެ ޚަރަދާއި އިއްދައިގެ ޚަރަދާއި ވިހެއުމުގެ ޚަރަދާއި ކައިވެނީގެ ރަނުގެ ޚަރަދު ހިމެނެއެވެ. އެ ފައިސާގެ ޖުމްލަ އަދަދު 97 މިލިއަނަށް އަރައެވެ.
ފެމިލީ ކޯޓުން އާންމުކުރި ތަފާސްހިސާބުތަކުގެ ތަފްސީލު:
° ކޯޓަށް ހާޒިރުވުމަށް އަންގާ 12،096 އަމުރު ފޮނުވި
° ޝަރީއަތުގެ އަޑުއެހުމާ ގުޅޭ 4،101 މައްސަލަ
° އާއިލީ މައްސަލަތައް ހައްލު ކުރުމާ ބެހޭ ބަޔަށް 227 މައްސަލަ ހުށަހެޅި އަދި 119 މައްސަލައަށް ސުލްހަވެރި ހައްލެއް ހޯދައިދިން
° ދެމަފިރިންގެ މެދުގައި ޖެހިފައިވާ މައްސަލަތައް ހައްލު ކުރުމާއި ވަރިވެފައިވާ ދެމަފިރިންގެ ދަރިން ބެލުމާ ގުޅޭގޮތުން 6 އެއްބަސްވުން ލިޔުމުންވި
° ކައިވެންޏަށް ހޭލުންތެރިކުރުމާ ބެހޭ ޕްރޮގްރާމުގައި 3،428 މީހުން ބައިވެރިވެފައިވޭ. އެއީ 1،746 ފިރިހެނުންނާއި 1،682 އަންހެނުން
ފެމިލީ ކޮޓުން މިދިޔަ އަހަރު 2،485 ކައިވެންޏާއި 1،326 ވަރި ކޮށްދީފައިވެއެވެ. މީގެއިތުރުން 181 ކައިވެނި މިދިޔަ އަހަރު ރަޖިސްޓަރީކޮށްދީފައިވާކަމަށްވެސް ފެމެލީ ކޯޓުން ބުނެފައިވެއެވެ.




