މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަންގެ ހުސްވެފައިވާ މެންބަރުކަމުގެ ދެ މަގާމަށް އެ ކޮމިޝަންގެ ކުރީގެ މެންބަރު އާމިނަތު ސަމާހަތު އިއްޒަތާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު މުޙައްމަދު ޢަބްދުﷲ (މުހަންމާ) އައްޔަނު ކޮށްފިއެވެ.
ބްރޯޑްކޮމްއަށް އައު މެންބަރުން އައްޔަނު ކޮށްފައި މިވަނީ އެކޮމިޝަންގެ ދެ މެންބަރުންގެ ދައުރު ހަމަވުމާ ގުޅިގެންނެވެ. އައު މެންބަރުކަމުގެ މަގާމުތަކަށް 12 ބޭފުޅަކު ކުރިމަތިލެއްވިއެވެ.
އެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ނަންތަކަށް ރުހުން ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވީ މިދިޔަ މަހުގެ 12 ވަނަ ދުވަހުގައެވެ.
މެންބަރުން އައްޔަންކުރުމުގެ މައްސަލަ ދިރާސާކޮށް، ނިންމި ލިސްޓުގެ އެއް ވަނައިގައި ވަނީ ސަރާހަތުގެ ނަމެވެ. ދެ ވަނައިގައި ނޫސްވެރިޔާ ޝިފްޒާ މުސްތަފާގެ ނަން އޮތްއިރު، ތިން ވަނައިގައި އޮތީ މުހައްމާގެ ނަމެވެ.
މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ދައުރުން ބޭރުގެ ޖަލްސާގައި ވަނީ ކޮމިޓީ ލިސްޓުގެ ތަރުތީބުން ވޯޓަށް އަހާފަ އެވެ.
މަޖިލިހުން ސަރާހަތާއި މުހައްމާ އައްޔަންކުރަން ފެންނަ ކަމަށް ފާސްކުރުމާ އެކު، އެ ދެ ބޭފުޅުން ކޮމިޝަނުގެ މެމްބަރު ކަމަށް އައްޔަންކޮށްފައިވާ ކަމުގައި ބްރޯޑްކޮމްއިން ރޭ ވަނީ އާންމުކޮށްފަ އެވެ.



