ރާއްޖޭގައި ފާލުބެލުމުގެ މަސައްކަތުގައި އުޅުނު އިންޑިއާގެ 3 މީހަކު ހައްޔަރުކޮށް، ޑީޕޯޓުކޮށްލުމުގެ މަސައްކަތް މޯލްޑިވްސް އިމިގްރޭޝަނުން ފަށައިފިއެވެ.
”އެކްސް“ މެދުވެރިކޮށް އިމިގްރޭޝަނުން މިއަދު ބުނީ ފުލުހުންނާ ގުޅިގެން ހިންގި އޮޕަރޭޝަންގައި އެ 3 މީހުން ހައްޔަރުކޮށްފައިވަނީ އިއްޔެ ކަމަށާއި އެމީހުން މިހާރު ތިބީ އިމިގްރޭޝަންގެ ބެލުމުގެ ދަށުގައި ކަމަށެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ:
° ދަނަންޖޭ ބައިލަޕަތީ (18އ)
° ނާގަރާޖަ ބައިލަޕަތީ (39އ)
° ސްރީހަރިވަނަމް (25އ)
އިމިގްރޭޝަނުން ބުނީ މި ތިން މީހުންވެސް ޑީޕޯޓު ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.
ފާލުބެލުންފަދަ ފާފަވެރި އަމަލެއް ރާއްޖޭގައި ކުރަމުންދާކަމުގެ ތުހުމަތުގައި މި ތިން މީހުން ހައްޔަރުކޮށްފައިވާއިރު، ”މާސްޓާ ދުރްގާ ގުރޫޖީ“ ނަމަކަށް ކިޔައި ޕޭޖެއް މެދުވެރިކޮށްވެސް މީހަކު، އެފަދަ ކަންކަން ރާއްޖޭގައި ކުރާކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ.
އެގޮތުން ސޯޝަލް މީޑިއާގައި ހިންގަމުންދާ އެ ޕޭޖާ ގުޅޭގޮތުން މައްސަލަ ބަލަމުންދާ ކަމުގައި ފުލުހުން އިއްޔެ ވަނީ ވިދާޅުވެފައެވެ.



