ކަނޑުމަގުން 7 ކިލޯގެ މަސްތުވާތަކެތި ރާއްޖެ އެތެރެކުރަން އުޅުނު 10 ބިދޭސީންގެ ވަނަވަރު ހާމަކޮށްފިއެވެ.
ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރަކުން އެނގޭ ގޮތުގައި އެމީހުން ހައްޔަރު ކޮށްފައިވަނީ އިއްޔެއެވެ. ނަމަވެސް އެއީ ކޮން ޤައުމެއްގެ ބޯޓެއްކަން އެ އަމުރުގައި އެނގޭކަށް ނެތެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރު ކޮށްފައިވަނީ އިންޑިއާގެ 7 މީހަކާއި އިންޑޮނޭޝިއާގެ ތިން މީހެކެވެ.
އެއީ:
° ގަނެޝް ބޮންމާލީ، އިންޑިއާ، 22އ: ފަސް ދުވަހަށް ބަންދުކުރުމަށް މުއްދަތު ޖަހާފައި
° ޕީޓާ ވިނި، އިންޑިއާ، 28އ: ފަސް ދުވަހަށް ބަންދުކުރުމަށް މުއްދަތު ޖަހާފައި
° ޕްރަބަކަރަނަ ނާގަރާޖަން، އިންޑިއާ، 35އ: ފަސް ދުވަހަށް ބަންދުކުރުމަށް މުއްދަތު ޖަހާފައި
° އެޑްރިއަންސްޔާ، އިންޑޮނީޝިއާ، 25އ: ފަސް ދުވަހަށް ބަންދުކުރުމަށް މުއްދަތު ޖަހާފައި
° މުހައްމަދު އިކްބަލް މަކްމުރު، އިންޑޮނީޝިއާ، 30އ: ފަސް ދުވަހަށް ބަންދުކުރުމަށް މުއްދަތު ޖަހާފައި
° ޑަތްކިލޭ ދަރްޝަން ވިޖޭ، އިންޑިއާ، 22އ: އެއް ދުވަހަށް ބަންދުކުރުމަށް މުއްދަތު ޖަހާފައި
° ސަރަން ޕަދްމަން، އިންޑިއާ، 26އ: އެއް ދުވަހަށް ބަންދުކުރުމަށް މުއްދަތު ޖަހާފައި
° ނަސްވަން އަދިލް، އިންޑޮނީޝިއާ، 30އ: އެއް ދުވަހަށް ބަންދުކުރުމަށް މުއްދަތު ޖަހާފައި
° ރޯމަންސް ސަންތިޔާ ފެނާންޑޯ، އިންޑިއާ، 58އ: އެއް ދުވަހަށް ބަންދުކުރުމަށް މުއްދަތު ޖަހާފައި
° ގޮވްސިކް ރާޖް ޖޭމްސް ނޮކްސް، އިންޑިއާ، 30އ: އެއް ދުވަހަށް ބަންދުކުރުމަށް މުއްދަތު ޖަހާފައި
މި 10 ބިދޭސީންގެ މައްޗަށް ކޮށްފައިވަނީ މަސްތުވާތަކެތި އެތެރެކުރުމާއި ޓްރެފިކްކުރުމުގެ ތުހުމަތުކަމަށް ކްރިމިނަލް ކޯޓުގެ އަމުރުގައި ބަޔާންކޮށްފައިވެއެވެ.



