ހުޅުމާލޭ ފޭސް 1 ގައި ހުންނަ ކެފޭއެއްގައި ދެ ބިދޭސީއެއްގެ މެދުގައި މާރާމާރީއެއް ހިނގައި، އެކަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ހުޅުމާލޭ ކެފޭއެއްގައި ދެ ބިދޭސީންގެ މެދުގައި ހިނގި މާރާމާރީއެއްގެ މައްސަލަ ރޭ 10:08 ހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މި މާރާމާރީ ހިނގާފައިވަނީ ބަންގްލަދޭޝް ފިރިހެނަކާއި ނޭޕާލް ފިރިހެނަކާ ދެމެދުގައެވެ.
މާރާމާރީއާ ގުޅިގެން ބަންގްލަދޭޝް މީހާއަށް އަނިޔާވެފައިވާ ކަމަށާއި ނަމަވެސް އޭނާގެ ހާލު ސީރިއަސް ނޫން ކަމުގައި ފުލުހުން ވިދާޅުވެފައިވެއެވެ.
މި މައްސަލައާ ގުޅިގެން ނޭޕާލް މީހާވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ފުލުހުންދަނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.




