ކުދި ފަންތިއާއި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން އުފައްދާފައިވާ، އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން، (އެސްޑީއެފްސީ) އިން މިދިޔަ އަހަރު 2.78 ބިލިޔަން ރުފިޔާގެ ލޯނު ދޫކޮށްފައިވާކަމަށް އެކޯޕަރޭޝަނުން ހާމަކޮށްފިއެވެ.
އެސްޑީއެފްސީގެ 6ވަނަ އަހަރީ އާންމު ޖަލްސާގައި ހިއްސާކޮށްފައިވާ އެ ކޯޕަރޭޝަންގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުން މިދިޔައަހަރު ނިމުނުއިރު އެ ކޯޕަރޭޝަނުން 2.78 ބިލިޔަން ރުފިޔާގެ ލޯނުވަނީ ދޫކޮށްފައެވެ.
މީގެތެރޭގައި ހިމެނެނީ ކެޕިޓަލް ލޯނު ޕޯޓްފޯލިއޯއިން ދޫކޮށްފައިވާ 1.736 ބިލިޔަން ރުފިޔާއާއި، ސަރުކާރުގެ އެކި އިދާރާތަކާ ގުޅިގެން އެސްޑީއެފްސީން ކުރިއަށްގެންދާ އެޑްމިނިސްޓަރޑް ލޯނު ޕޯޓްފޯލިއޯއިން ދޫކޮށްފައިވާ 1.045 ބިލިޔަން ރުފިޔާއެވެ.
އެގޮތުން ފާއިތުވީ 5 އަހަރު އެސްޑީއެފްސީގެ ކެޕިޓަލް ލޯނު ފްލޯއިން ލޯނު ދޫކުރި ދާއިރާތަކަކީ:
ފަތުރުވެރިކަން: 521 މިލިޔަން ރުފިޔާ
ކޮމާރސް: 509.9 މިލިޔަން ރުފިޔާ
މަސްވެރިކަން: 303 މިލިޔަން ރުފިޔާ
ދަތުރުފަތުރު: 208.9 މިލިޔަން ރުފިޔާ
އުފެއްދުންތެރިކަން: 107.7 މިލިޔަން ރުފިޔާ
އިމާރާތްކުރުން: 61.5 މިލިޔަން ރުފިޔާ
އިންފޮމޭޝަން ޓެކްނޮލޮޖީ: 13 މިލިޔަން ރުފިޔާ
ދަނޑުވެރިކަން: 11.2 މިލިޔަން ރުފިޔާ




