ޅ. ގާއެރިފަޅު ކައިރިން ފީނަން ނުކުމެ އުޅުމެ އުޅުނު ބައެއް ތިބި ޑިންގީ އެއްގައި ލޯންޗަކުން ޖެހި، ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މި އެކްސިޑެންޓުގެ މައުލޫމާތު ރޭ 12:33 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
މި އެކްސިޑެންޓު ހިނގިއިރު އެ ޑިންގީގައި ތިބީ ފަސް ދިވެހި ފިރިހެނުން ކަމަށާއި އެމީހުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި އޭގެތެރެއިން އެކަކުގެ ހާލު ވަރަށް ސީރިއަސް ކަމުގައި ވެސް ވިދާޅުވިއެވެ.
އަނިޔާވި މީހުންނަށް ވަނީ ޅ. އަތޮޅު ހޮސްޕިޓަލުގައި ފަރުވާ ދީފައެވެ. އަދި ހާލު ސީރިއަސްވީ މީހާ، އިތުރު ފަރުވާއަށް މިހާރު ވަނީ މާލެ ގެނެސްފައި ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.
މި އެކްސިޑެންޓުގައި ހިމެނޭ ޑިންގީ ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.
އެނގިފައިވާ ގޮތުގައި މި އެކްސިޑެންޓުވުމުން ވެސް، އެ ލޯންޗު ވަނީ މަޑު ނުކޮށް ފިލައިގެން އެތަނުން ގޮސްފައެވެ.
މި މައްސަލަ ފުލުހުން ގެންދަވަނީ އިތުރަށް ތަހުގީގު ކުރައްވަމުންނެވެ.



