މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަށް ތިން މެންބަރަކު އިންތިހާބު ކޮށްފިއެވެ.
ެިއެކަމަށްޓަަކައި އިއްޔެ ހެނދުނު ސޯޝަލް ސެންޓަރުގައި ބޭއްވި އިންތިހާބު ކާމިޔާބު ކޮށްފައިވަނީ އަދަދު ނޫހުގެ ނޫސްވެރިޔާ ލީވާން އަލީ ނަސީރާއި، ދައުރު ނޫހުގެ ނޫސްވެރިޔާ މުހައްމަދު މުޒައްޔިން (ޓެޑް) ގެ އިތުރުން އާންމު މެންބަރުގެ މަގާމަށް ހޮވުނު އަމިއްލަ ގޮތުން ވާދަ ކުރި ހައްވާ ވަޖުދާއެވެ.
މި އިންތިހާބުގައި އެންމެ ގިނަ ވޯޓު ލިބުނީ ޓެޑް އަށެވެ. އޭނާއަށް 50 ވޯޓު ލިބިފައިވާއިރު، ލީވާނަށް ލިބުނީ 48 ވޯޓެވެ. އަދި ވަޖުދާއަށް ލިބުނީ 38 ވޯޓެވެ.
މީޑިއާ ކައުންސިލަކީ މީޑިއާތަކުގެ 8 މެންބަރުންނާއި އާންމުންގެ ތެރެއިން އިންތިހާބު ކުރާ 7 މެންބަރުންގެ މައްޗަށް އެކުލެވޭ ކައުންސިލެކެވެ.
މީޑިއާ ކައުންސިލު އެކުލެވިގެންވަނީ މީޑިއާގެ އިދާރާތައް ތަމްސީލުކުރާ 8 މެންބަރުންނާއި އާންމުންގެ ތެރެއިން އިންތިހާބު ކުރެވޭ 7 މެންބަރުންނާއެކު ޖުމްލަ 15 މެންބަރުންގެ މައްޗަށެވެ.




