ދަތުރުތަކަށް އޮންނަ ޑިމާންޑް ބޮޑުވެ މޯލްޑިވިއަންގެ ޑޮމެސްޓިކް ދަތުރުތަށް އިތުރުކޮށްފި އެވެ.
މޯލްޑިވިއަންއިން ބުނީ، ޑިމާންޑް ބޮޑުވުމާއި ގުޅިގެން 12 މަންޒިލަކަށް ދަތުރުތައް އިތުރުކޮށްފައިވާކަމަށެވެ. އެގޮތުން އަންނަމަހުގެ 3،2 އަދި 4ވަނަ ދުވަހު އިތުރު ދަތުރުތައް ވަނީ ތާވަލުކޮށްފަ އެވެ.
2 ވަނަ ދުވަހު ތާވަލު ކޮށްފައިނީ ހޯރަފުށްޓަށްއެއް ދަތުރެވެ. ތިންވަނަ ދުވަހު ތާވަލުކޮށްފައިވަނީ ފުނަދޫ،ތިމަރަފުށި، ފުވައްމުލައް،މާފަރު،މަޑިވަރު، ގަން، ހަނިމާދޫ އަދި ފަރެސް މާތޮޑާއަށެވެ. އަދި ހަތަރުވަނަ ދުވަހު އިތުރު ދަތުރުތައް ތާވަލުކޮށްފައިވަނީ ގަން، ކުުޅުދުއްފުށި، ހޯރަފުށި އަދި މާވަރުލަށެވެ.
އާންމުކޮށް ކަސްޓަމަރުންގެ ޑިމާންޑަށް ބަލާ، އީދަށައި ސްކޫލް ބަންދާއި ދިމާކޮށް މޯލްޑިވިއަން އިން ދަތުރުތައް އިތުރުކުރެއެވެ.