ފުވައްމުލަކު ސިޓީ ދަނޑިމަގު އަވަށުގެ ފުޓްބޯޅަ ދަނޑުގައި ޓާރފް އެޅުމުގެ މަސައްކަތް ކުރުމަށް ސްޕޯޓްސް މިނިސްޓްރީން ބޮޑުތިލަ އިންވެސްޓްމަންޓާ ހަވާލުކޮށްފި އެވެ.
ބޮޑުތިލަ އިންވެސްޓްމަންޓަށް، ފުޓްބޯޅަ ދަނޑުތަކުގައި ޓާރފް އެޅުމުގެ މަސައްކަތްހަވާލުކުރި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕަރމަނަންޓް ސެކެރެޓަރީ ޙުސައިން ޝަރީފްއެވެ. އަދި، ބޮޑުތިލަ އިންވެސްޓްމަންޓްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޕްރޮޖެކްޓްސް މެނޭޖަރ އާމިނަތު ޝަކީލާއެވެ.
މަސައްކަތް ފަށާތާ، 81 ދުވަހުގެ ތެރޭގައި ނިންމަން ޝަރުޠުކޮށްވީ މި އެއްބަސްވުމުގެ ދަށުން ފުވައްމުލަކު ސިޓީ ދަނޑިމަގު ފުޓްބޯޅަ ދަނޑަށް ބޭނުންވާ ޓާރފް ސަޕްލައިކޮށް އިންސްޓޯލްކުރަން ޖެހެއެވެ.
މި މަސައްކަތަށް ސްޕޯޓްސް މިނިސްޓްރީގެ ބަޖެޓުން 4،609،431.36 (ހަތަރު މިލިއަން ހަލައްކަ ނުވަހާސް ހަތަރުސަތޭކަ ތިރީސް އެއްރުފިޔާ ތިރީސް ހަލާރި) ހަރަދުކުރުމަށް ވަނީ ނިންމާފަ އެވެ.