ކުޑަ ހުވަދޫގައި ފިރިހެނުންނަށް ހޭންޑް ބޯލް ތައާރަފުކުރަން އެރަށު ކައުންސިލުން ނިންމައިފި އެވެ.
އެރަށު ކައުްނސިލުން ބުނެފައިވަނީ، ފިރިހެނުންނަށް ހޭންޑްބޯލް ތަޢާރަފްކުރުމުގެގޮތުން ހޭންޑްބޯލް ކޯޗިންގ ކޭމްޕެއް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާކަމަށާއި، ހޭންޑްބޯލް ކޯޗިންގ ކޭމްޕްގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައި ވާކަމަށެވެ.
މިކޭމްޕްގައި ބައިވެރިވެލައްވަން އެދޭ އެންމެހާ ފަރާތްތަކުން އޭޕްރީލް 01 ވަނަ ދުވަހުގެ 14:00ގެ ކުރިން އެކަމަށް ކަނަޑައޅާފައިވާ ޚާއްސަ ގޫގުލް ފޯމް ފުރިހަމަކޮށް ހުށަހެޅުމަށް ކައުންސިލުން ވަނީ އެދިފަ އެވެ. މިކޭމްޕްގައި ބައިވެރިވެވޭނީ، ޢުމުރުން 15 އަހަރު ފުރިފައިވާ ފިރިހެނުންނަށެވެ.
މި ކޭމްޕް ބާއްވަނީ އޭޕްރީލް 12 ވަނަ ދުވަހުން ފެށިގެން 18 ވަނަ ދުވަހުގެ ނިޔަލަށްކަމަށް ކައުންސިލުން ބުނެއެވެ.