އިނގިރޭސި ފުޓްބޯޅަ ކްލަބް މެންޗެސްޓަރ ޔުނައިޓެޑްގެ ރަސްމީ ކޮމާޝަލް އެއާލައިނަކަށް މެލޭޝިއާ އެއާލައިންްސް ހަމަޖައްސައިފި އެވެ.
މެލޭޝިއާ އެއާލައިންސްއިންނާއި، މެންޗެސްޓަރ ޔުނައިޓޭޑޫން މިކަން ހާމަކުރީ މިއަދު މެލޭޝިއާގެ ވެރިރަށް ކުއާލާލަމްޕޫރުގައި ކުރިޔަށްދާ ޓްރޭޑް ފެއާގަ އެވެ.
މެލޭޝިއާ އެއާލައިންސް ހިންގަމުން އަންނަ މެލޭޝިއާ އޭވިއޭޝަން ގްރޫޕްގެ މެނޭޖިންގް ޑިރެކްޓަރ އިޒްހާމް އިސްމާއިލް ވިދާޅުވީ، މިއެއްބަސްވުމުގެ ސަބަބުން ބައިނަލްއަގުވާމީ ދެ ބްރޭންޑެއ ގުޅިގެން މަސައްކަތްކުރުމުގެ ފުރުސަތު ފަހިވެގެން ހިނގައްޖެކަމަށެވެ. އަދި ޔުނައިޓެޑް ފަދަ ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވޭ ކްލަބަކާ ގުޅުމުން މެލޭޝިއަން އެއާލައިންސް ދުނިޔޭގެ ބޮޑު އޯޑިއަންސަކަށް ހުށަހެޅިއްޖެކަމަށެވެ.
އިޒްހާމް ވިދާޅުވީ، މެންޗެސްޓާ ޔުނައިޓޭޑާއެކުވީ އެއްބަސްވުމުގެ ސަބަބަުން ބްރޭންޑްގެ މަޝްހޫރުކަން ވަރަށް ބޮޑަށް ކުރިއަރާ، ހާއްސަކޮށް ޔުނައިޓެޑުގެ ބޮޑު ފޭންބޭސްއެއް އޮންނަ ޔޫރަޕާއި ސައުތުއީސްޓް އޭޝިއާގައި، އެއާލައިންގެ މަގްބޫލުކަން އިތުރުވެގެންދާނެކަމަށެވެ. އަދި މި އެއްބަސްވުމުގެ ސަބަބުން ދުނިޔޭގެ ފުޓްބޯޅައަށް ލޯބިކުރާ ފަރާތްތަކަށް ފޯރިގަދަ ފުރުސަތުތަކެއް ލިބޭނެކަމުގެ އުންމީދު ބޮޑުކަމަށެވެ.
މި އެއްބަސްވުމާއި ގޫޅޭގޮތން މެންޗެސްޓަރ ޔުނައިޓެޑްގެ ސީއީއީ ވިކްޓޯރިއާ ތިމްޕްސަން ވިދާޅުވީ މެލޭޝިއާއެކު ޒަމާނުއްސުރެ ފަޚުރުވެރި ގުޅުމެއް އޮންނަކަމަށެވެ. އަދި މެލޭޝިއާގެ އެކިކަނކޮޅުތަކުން ދެމެހެއްޓެނިވި ގޮތެއްގައި އެކްލަބަށް ހިތްވަރުދެމުން އަންނަ ކަމަށެވެ.
“މެންޗެސްޓާގެ ރަސްމީ ސަޕޯޓަރުންގެ ތިން ގްރޫޕް މެލޭޝީއާގައި އެބައޮތް، އޭގެތެރެއިން ކުއާލާލަމްޕޫރް ބްރާންޗަކީ ކްލަބްގެ އެންމެ ވަރުގަދަ ސަޕޯޓަރުންގެ ކޮމިއުނިޓީ. މީގެއިންވެސް ދައްކުވައިދެނީ މެލޭޝިއާގައި ޔުނައިޓެޑަށް އޮތް ލޯބި” ވިކްޓޯރިއާ ވިދާޅުވި އެވެ.
މިއަދުގެ ހަފްލާގައި މެންޔޫގެ ކުރީގެ ދެ ޑިފެންޑަރުންކަމުގައިވާ ޕެޓްރިސް އެވްރާއާއި ވެސް ބްރައުން ބައިވެރިވިއެވެ. އެމީހުން ބުނީ މެލޭޝިއާ އެއާލައިންގެ ޚިދުމަތް ވަރަށް ރަނގަޅުކަމަށާއި،ދަތުރުކޮށްކަން ވަރަށް ހިތްފަސޭހަކަމަށެވެ.