ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް(އެފްއޭމް)ގެ އިންތިޚާބު މަޑުޖައްސާލަން ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ ފީފާއާއި އޭޝިއާގެ ފުޓްބޯޅައިގެ މައި އިދާރާ އޭްއެފްސީއިން އެފްއޭމްއަށް އަންގައިފި އެވެ.
އެފްއޭމްގެ އެކްޓިންގ ޖެނެރަލް ސެކެޓްރީ މުހައްމަދު ޖައިޝަން ސައީދު ނޫސްވެރިންނަށް ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ފީފާ އަށް އެފްއޭއެމް އާއި ގުޅޭ ގިނަ ޝަކުވާތަކެއް ހުށަހަޅާފައިވާތީ، އެ އިދާރާ އާއި އޭއެފްސީގެ އެންގުމުގެ މަތިން، އިންތިހާބުގެ ކަންކަން މަޑުޖައްސާލަން ނިންމާފައިވާ ކަމަށެވެ.
“ފީފާ އަށް ވަނީ އިންތިހާބާ ބެހޭ ގިނަ ޝަކުވާތަކެއް ލިބިފައި. އެކަންކަން ސާފުކޮށްދިނުމަށް މަޝްވަރާތައް ދަނީ ކުރިއަށް. މިކަން ކުރިއަށްދާތީވެ މި ވަގުތަށް ފީފާ އާއި އޭއެފްސީގެ އެދުމުގެ މަތިން އިންތިހާބުގެ ކަންކަން ވަނީ މަޑުޖައްސާފައި،” ޖައުޝަންގެ މެސެޖުގައި ބުނެފައިވެ އެވެ.
ޖައިޝަން ވަނީ ފީފާއާއި އޭފްސީ އިން ކުރިޔަށް ގެންދާ ތަހުގީގުތަކަށް އެފްއޭމްެއިން ދޭން ޖެހޭ ހުރިހާ އެއްބާރުލުމެއް ދޭނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ. މިއީ، ފީފާއިން އެފްއޭއެމްގެ އިންތިޚާބު ހިފެހެއްޓި ދެވަނަ ފަހަރެވެ. އެފްއޭއެމުގެ އިންތިހާބުގައި ވާދަކުރަނީ މިހާރުގެ ރައީސް ބައްސާމް އަދީލް ޖަލީލާއި، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގް (ޓޮމް) އެވެ.