ސިންގަޕޫރުގައި ޑެންގޫހުން ޖެހޭ މީހުންގެ އަދަދު އިތުރުވެ، މިއަހަރުގެ މިހާތަނަށް ފަސްހާހަށްވުރެ ގިނަ މީހުން އެހުމަށް ޕޮޒިޓިވް ވެއްޖެއެވެ.
އެގައުމުގެ ނެޝަނަލް އެންވަޔަރަންމެންޓް އޭޖެންސީ(އެންއީއޭ) އިން މިއަދު އާންމުކުރި ޑެންގޫ ހުމުގެ ކޭސްތަކުގެ ތަފްސީލަށް ބަލާއިރު، މިއަހަރުގެ ފުަރަތަ ތިން މަސްދުވަހު ފަސްހާސް މީހުން ހުންޖެހުނުކަމަށް ރިޕޯޓްކޮށްފައި ވެއެވެ. މިދިޔަ އަހަރުގެ މި މިމުއްދަތުގައި ރިކޯޑުކުރެވިފައިވަނީ 2,360 ކޭސް އެވެ. މި ތިންމަސް ދުވަހުގެ ތެރޭގައި ޑެންގޫ ޖެހިގެން ހަތް މީހުން މަރުވެފައިވާއިރު، މިދިޔަ އަހަރު އެއްކޮށް މަރުވީ ހަމީހުންނެވެ.
އެންއީއޭއިން ލަފާކުރާގޮތުގައި މި ތަފާސް ހިސާބުތަކަށް ބަލާއިރު ކުރިޔަށް އޮތް ތިންމަހުގެ ތެރޭގައި ނުރައްކާ މިންވަރަށް ޑެންގޫ ފެތުރޭނެއެވެ. އެހެންކަމުން މިއަދު ވަނީ ޑެންގޫހުން މަދު ކުރުމަށް އާންމު ރައްޔިތުން ހޭލުންތެރިކުރުވުމަށް ގައުމީ ފެންވަރުގެ ކެމްޕޭނެއް ފަށާފައެވެ. މިއަހަރު އެވްރެޖްކޮށް ހަފުތާއަކު ތިންސަތޭކަ މީހުންނަށް ޑެންގޫ ޖެހެމުން އަންނާތީ ރައްކާތެރިކަމުގެ ފިޔަވަޅު ވަރުގަދަކޮށް އެންމެ ހަލުވިކަމާ އެކު ޑެންގޫ ފެތުރޭ ސަރަހައްދުތައް ދެނެގަނެ، ޑެންގޫ ފަތުރާ މަދިރި ކަމަށްވާ އީޑީޒް މަދިރި ފެތުރޭ ތަންތަން ހޯދައި، މަދިިރ ނައްތާލުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.އާންމުކޮށް މަދިރި އާލާވަމުން އަންނަނީ ބައިބޯ އާންމުން ދިރިއުޅޭ ސަރަހައްދުތަކުން ކަން ފާހަގަކޮށްފައި ވެއެވެ.
އެންއީއޭއިން މިއަދު އާންމުކުރި ޑޭޓާއަށް ބަލާއިރު ސިންގަޕޫރުގައި މިހާރު “ރެޑް އެޅާޓް” ލެވެލްފައި27 ޑެންގޫ ކްލަސްޓާ އެއް އެބަައޮތެވެ. އެއީ 10 ކޭސްއަށް ވުރެ ގިނަ ކޭސްތައް ދެނެގަނެވިފައިވާ ސަރަހައްދުތަކެވެ. މިހުރިހާ ކަމަކަށް ބަލާއިރު، އެކަށީގެންވާގޮތެއްގައި ޑެންގޫ ކޮންޓްރޯނުކުރެވިއްޖެނަމަ، ނުރައްކާ މިންވަރަަށް ޑެންގޫ ފެތުރިގެން ހިގައިދާނެކަމަށް އެންއީއޭއިން ލަފާކޮށްފައި ވެއެވެ.