މޯލްޑިވްސް ކަސްޓަމްސް ސަރވިސްގައި ބޭނުންކޮށްފައިވާ ލޯންޗެއް ނީލަމުގައި ވިއްކާލަން ނިންމައިފި އެވެ.
ކަސްޓަމްސްއިން ބުނީ އެ ލޯންޗު ވިއްކާލަނީ ބޭނުންކުރެވޭވަރަށްވުރެ ބޮޑަށް ހަލާކުވެފައިވާތީ ކަމަށެވެ. ލޯންޗް ވިއްކާލަނީ އޭގައި އަޅާފައި ހުރި އިންޖީނުތަކާވެސް އެކުގަ އެވެ.
މީލަން ފަށަން ހަމަޖައްސާފައިވަނީ 1،38،780 (އެއް ލައްކަ ތިރީސް އަށްހާސް ހަތްސަތޭކަ އަށްޑިހަ) ރުފިޔާ އަށެވެ. ނީލަމުގެ އަގަށް މަދުވެގެން އެއްފަހަރާ އިތުރުކުރެވޭނީ 13،800 ރުފިޔާކަމަށް ކަސްޓަމްސްއިން ބުނެފައި ވެއެވެ.
ލޯންޗް ނީލަން ކިޔުން އޮންނާނީ 05 މެއި 2024 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 ގައި ކ.ތިލަފުށި ކަސްޓަމްސްގަ އެވެ.
ނީލަން ކާމިޔާބުކުރާ ފަރާތްތަކުން 24 ގަޑިއިރުތެރޭގައި ނީލަމުން ލޯންޗުގަތް ފައިސާ މިނިސްޓްރީ އޮފް ފިނޭންސްގެ ބަނޑޭރި ޕޯޓަލް https:/bandeyripay.finance.gov.mv އަށް ދެއްކެމަށްފަހު، ތިން ދުވަސްތެރޭގައި ލޯންޗު ގެންދަންވާނެކަމަށް ކަސްޓަމްސްއިން ބުނެފައި ވެއެވެ.