މިިދިޔަ މަހު ރާއްޖެއަށް 4.4 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައިވާކަން ކަސްޓަމްސްގެ ތަފާސް ހިސާބުތަކުން ދައްކައިިފި އެވެ.
މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން މިއަދު އާންމު ކުރި ރާއްޖޭގެ އިމްޕޯޓް އެކްސްޕޯޓް ތަފާސް ހިސާބުތަކަށް ބަލާއިރު، މިއަހަރުގެ މާރިޗް މަހު 4.4 ބިލިއަން ރުފިޔާގެ މުދާ އަދި 2023 ވަނަ އަހަރުގެ މާރިޗު މަހު 4.2 ބިލިއަން ރުފިޔާގެ ުދާ ރާއްޖެ އެތެރެކޮށްފައި ވެއެވެ. އެހެންކަމުން މިއަހަރުގެ މާޗްމަހު މިވަނީ އެތެރެކުރި މިދަލުގެ ނިސްބަތް %4 އިތުރުވެފަ އެވެ. އެންމެ ގިނައިން މުދާ އެތެރެކޮށްފައިވަނީ އޮމާނުންނެވެ. އަދި މިދިޔަ މަހާއި ޚިލާފަށް އިންޑިއާއިން އެތެރެކުރި މިދަލުގެ އަދަދުވަނީ ބޮޑުތަނުން އިތުރުވެފަ އެވެ.
އެންމެ ގިނައިން މުދާ އެތެރެކުރި ޤައުމުތަކާއި އަދަދުތައް:
- އޮމާން: 777 މިލިއަން ރުފިޔާގެ މުދާ
- އިންޑިއާ: 763 މިލިއަން ރުފިޔާގެ މުދާ
- ޔޫ.އޭ.އީ: 671 މިލިއަން ރުފިޔާގެ މުދާ
- ޗައިނާ: 440 މިލިއަން ރުފިޔާގެ މުދާ
- ސިންގަޕޯ: 401 މިލިއަން ރުފިޔާގެ މުދާ
މިއަހަރުގެ މާރޗް މަހު 124 މިލިއަން ރުފިޔާގެ މުދާ އަދި 2023 ވަނަ އަހަރުގެ މާރޗް މަހު 343 މިލިއަން ރުފިޔާގެ މުދާ އެކްޕޯޓްކޮށްފައި ވެއެވެ. އެހެންކަމުން މިއީ %64 ދަށްވުމެކެވެ. އެންމެ ގިނައިން މުދާ އެކްސްޕޯޓްކޮށްފައިވަނީ ތައިލޭންޑަށެވެ.
އެންމެ ގިނައިން މުދާ އެކްސްޕޯޓްކުރި ޤައުމުތަކާއި އަދަދުތައް:
- ތައިލޭންޑް: 41 މިލިއަން ރުފިޔާގެ މުދާ
- އިނގިރޭސިވިލާތް: 27 މިލިއަން ރުފިޔާގެ މުދާ
- ޖަރުމަނުވިލާތް: 12 މިލިއަން ރުފިޔާގެ މުދާ
- އިންޑިއާ: 7 މިލިއަން ރުފިޔާގެ މުދާ
- ފަރަންސޭސިވިލާތް: 6 މިލިއަން ރުފިޔާގެ މުދާ
މާޗު މަހު އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް 320 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބުނެވެ.އެހެންނަމަވެސް މިއީ 2023 ވަނަ އަހަރުގެ މާޗު މަހާ އަޅާބަލާއިރު %3 ވަނީ ދަށް އަދަދެކެވެ.