އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލް އާއި ޓޮޓްނަމް ބައްދަލުކުރި މެޗުން އާސެނަލް މޮޅުވެ، ލީގުގެ އެއްވަނަ މަޤާމު ދެމެހެއްޓި ނަމަވެސް، ދެވަނައިގަ އޮތް މެންޗެސްޓާ ސިޓީ އިން އާސެނަލް ހިންދެމިލަން ފުރުސަތެއް ނުދިނެވެ.
ރޭ މެން ސިޓީ އާއި ނޮޓެންހަމް ފޮރެސްޓް ބައްދަލު ކުރި މެޗު ސިޓީ އިން ކާމިޔާބު ކޮށް ލީގުގެ ދެވަނައިގައި އޮތް އިރު، ސިޓީ އޮތީ އާސެނަލް އާއި އެންމެ ޕޮއިންޓެއް ފަހަތުގައެވެ. މި ދެ ޓީމު ދެމެދުގައި އެއް ޕޮއިންޓުގެ ފަރަގު އޮތް އިރު، އާސެނަލް ވަނީ ސިޓީ އަށް ވުރެ އެއް މެޗު އިތުރަށް ކުޅެފައެވެ.
މިހާރު ތާވަލު އޮތް ގޮތުން ސިޓީ އިން ލީގުގެ ބާކީ އޮތް 4 މެޗު ކާމިޔާބު ކޮށްފިނަމަ، ލީގުގެ ޗެމްޕިއަންކަން އެ ޓީމަށް ލިބޭނެއެވެ. އާސެނަލް އަށް ލީގު ލިބޭނެ ހަމަ އެކަނި ގޮތަކީ އާސެނަލް ބާކީ ކުޅެން އޮތް 3 މެޗުން މޮޅުވެ، ސިޓީ އިން ދެން ކުޅޭ 4 މެޗު ތެރެއިން 1 މެޗުން ސިޓީ ބަލިވުމެވެ.
ރޭ ސިޓީ އިން ކުޅުނު މެޗުގައި އެ ޓީމުގެ ސްޓާ ކުޅުންތެރިޔާ އާރލިން ހާލާންޑް ވަނީ ގޯލެއް ޖަހާފައެވެ.