ރ. ކުޑަކުރަތު ރިސޯޓުން ފުރައިގެން މާލެއަށް ދަތުރުކުރި “ލިއޯ ޕާލް” ލޭންޑިންގ ކްރާފްޓެއް ބަންޑުން ޖަހާލި ހާދިސާގައި އޭގެން ގެއްލުނު ބިދޭސީ މީހާ ހޯދައިފި އެވެ.
އެމްއެންޑީއެފްއިން ބުނީ، ގެއްލުނު މީހާ ފެނުނީ ބަންޑުން ޖަހާލި ކޮޅުވެއްޓީގެ ދަށުގައި ވަނިކޮށްކަމަށެވެ. އެނާ ހޯދީ ކޯސްޓްގާޑުގެ ޑައިވަރުންކަމަށްވެސް ބުނެފައި ވެއެވެ.
އެމީހާ ފެނުނުއިރު މީހާގެ އެއްވެސް ހަރަކާތެއް ނެތް ކަމަށާއި އެ މީިހާ ކާށިދޫ ސިއްޙީ މަރުކަޒަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުންގެ ފަރާތުން މައުލޫމާތު ލިބިފައިވާ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.
ރޭ ހިނގި މިހާދިސާ ހިނގި ވަގުތު، ލޭންޑިންގ ކްރާފްޓްގައި ދަތުރުކުރަމުން ދިޔައީ ފަސް މީހުންނެވެ. އަދި އޭގެއިން ހަތަރު މީހުން ކަނޑުވެފައި ވަނިކޮށް ރޭ ފަތިހު ވަނީ ސަލާމަތްކޮށްފަ އެވެ.