މޫސުން ގޯސްވެ އުތުރުގެ އަތޮޅުތަކަށް މޫސުމާބެގޭ ގައުމީ އިދާރާއިން ރީނދޫ ސަމާލު ނެރެފިއެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން ރީނދޫ ސަމާލު ނެރެފައިވަނީ ހއ އިން ފެށިގެން ބ އަތޮޅާއި ހަމަޔަށެވެ. މި ހަ އަތޮޅަށް ރީނދޫ ސަމާލުނެރެފައިވަނީ އެސަރަހައްދަށް ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކޮށްނެވެ. މި އަތޮޅުތަކަށް އެންމެ ފުރަތަމަ ހުދު ސަމާލު ނެރުނީ ހެނދުނު 10:30 އިން 16:30 އަ ހަމަޔަށެވެ. އެހެންނަމަވެސް ފަހުން 12:45 ގައި ވަނީ ރީނދޫ ސަމާލަކަށް ބަދަލުކޮށްފަ އެވެ. ސަމާލު މިހާރު ނެރެފައިވަނީ ހަވީރު 5 ޖެހުމާއި ހަމަޔަށެވެ.
ކުރިއަށް އޮތް 24 ގަޑިއިރު، ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރުމާއެކު ގުގުރައި، އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް މޫސުމާއި ބެހޭ އިދާރާއިން ވަނީ ލަފާކޮށްފަ އެވެ. ވައިޖެހޭނެކަމަށް ލަފާކޮށްފައިވަނީ، އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނދު އުތުރުން އަދި އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 30 މޭލަށް ވައިގަދަވާނެކަމަށްވެސް ލަފާކޮށްފައި ވެއެވެ.
ކަނޑުތައް އާދައިގެ ވަރަކަށް މަޑުވިނަމަވެސް، ވިލާގަނޑުގައި ގަދަވާނެ ކަމަށް ލަފާކޮށްފައި ވެއެވެ.
މިދުވަސްވަރު ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވެ،ވާރާވެހެމުން ދެއެވެ. އިއްޔެވެސް މުޅި ރާއްޖެއަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ހުދު ސަމާލަު ނެރުނެވެ.