މޫސުން ގޯސްވާނެކަމަށް ލަފާކޮށް ރާއްޖޭގެ އުތުރާއި މެދު ރާއްޖޭގެ އަތޮޅުތަކަށް ހުދު ސަމާލު ނެރެފި އެވެ.
މޫސުމާއި ބެހޭ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ ހއ އިން ފެށިގެން ލ އަތޮޅާ ހަމަޔަށެވެ. ސަމާލު ނެރެފައިވަނީ ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކޮށް ހުދު ސަމާލު ނެެރެފައިވަނީ ހަވީރު 4:30 އިން ފެށިގެން މިރޭ 10:30 އާ ހަމަޔަށެވެ.
އުތުރުގެ އަތޮޅުތަކަށް ވަރަށް މޫސުން ގޯސްކަން ފާހަގަކުރެވެއެވެ. ހެދުނު އެއަތޮޅުތަކަށް ހުދު ސަމާލަު ނެރުމަށްފަހު ފަހުން ރީނދޫ ސަމާލުވެސް ނެރުނެވެ.
ކުރިއަށް އޮތް 24 ގަޑިއިރު، ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރުމާއެކު ގުގުރައި، އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް މޫސުމާއި ބެހޭ އިދާރާއިން ވަނީ ލަފާކޮށްފަ އެވެ. ވައިޖެހޭނެކަމަށް ލަފާކޮށްފައިވަނީ، އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނދު އުތުރުން އަދި އެހެން ހިސާބުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 30 މޭލަށް ވައިގަދަވާނެކަމަށްވެސް ލަފާކޮށްފައި ވެއެވެ.
ކަނޑުތައް އާދައިގެ ވަރަކަށް މަޑުވިނަމަވެސް، ވިލާގަނޑުގައި ގަދަވާނެ ކަމަށް ލަފާކޮށްފައި ވެއެވެ.
މިދުވަސްވަރު ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވެ،ވާރާވެހެމުން ދެއެވެ. އިއްޔެވެސް މުޅި ރާއްޖެއަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ހުދު ސަމާލަު ނެރުނެވެ.